March 11, 2026
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ވެލާނާ އެއާޕޯޓް

ޖީއެމްއާރުގެ ނަޒަރުގައި އެއާރޕޯޓަކީ ކިރުފެލަން ގެންގުޅޭ ގެރިއެއް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 19, 2025, 10:02 PM
މާލެ ސިޓީ

ޖީއެމްއާރުގެ ނަޒަރުގައި ދިވެހިންގެ އެއާޕޯޓަކީ ކިރު ފެލަން ގެންގުޅޭ ގެރިއެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ އެއާޕޯޓަށް އެއްވެސް ތަރައްޤީއެއް ގެނައުމުގެ ވިސްނުމެއް އެމީހުންގެ ނެތް ކަމަށާއި އެމީހުންގެ ވިސްނުމުގައި އެއާޕޯޓަކީ ކިރުފެލަން ގެންގުޅޭ ގެރިއެއް ފަދައިން ލިބުނު ހުރިހާ އެއްޗެއް ފެލައިގެން ނެގުން ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓަކީ ޖީއެމްއާރަށް ހިލޭ ލިބުނު އެއާޕޯޓެއް ފަދަ ކަމަށާއި އެއާޕޯޓަށް އެއްވެސް ކޭސްއެއް ޖީއެމްއާރަކަށް ނެތް ކަން އެކުންފުންޏަށް އެނގޭކަމުގައި ވާތީ އެއާޕޯޓުގެ ތަރައްޤީއާއި މެދު އެއްވެސް ވަރެއްގެ ވިސްނުމެއް ނުގެން ގުޅުއްވަނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރަށް އެއަރޕޯޓު ދޫކުރި އިރު އެމްޑީޕީފިޔަވާ އެހެން ހުރިހާ ޕާޓީތަކަކުން މިކަމާއި ދެކޮޅުކަމުގައެވެ. އަދި އެއާރޕޯޓު މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ވެއްދި ބިލް 30 ދުވަސް ވެގެން ދިޔައިރުވެސް ތަސްދީގު ނުކޮށް، އެއާރޕޯޓު ކުންފުނީގެ ބޯޑު ދެފަހަރު މަތިން ބަދަލުކޮށް ގަދަކަމުން ޖީއެމްއާރުން އެއާޕޯޓު ނިންމީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާސިމް އިބްރާހީ މަޖިލީހަށް ވެއްދި މައްސަލައެއް ދައުލަތުގެ ބޮޑު މިލްކެއް ވިއްކާލާކަމަށް ވަންޏާ ރައްޔިތުން މަޖިލީހުން ހުއްދަ ނަގައިގެން ނޫނީ އެކަން ކޮށްގެން ނުވާނެ، މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހު ، އެއިސްލާހު އޮތީ ފާސްވެފަ އިނގެތޯ އެއިސްލާހު ފާސްވީމަ ރައިސުލްޖުމުހުރިއްޔާ މޭޒުމަތީގަ ތަސްދީދުކުރަން މިލިބޭ 30 ދުވަހުގެ ތެރޭ ތަސްދީގު ނުކޮށް އެއާރޕޯޓު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު 2 ފަހަރު މަތިން ބަދަލުކޮށްގެން ޖީއެމްއާރަށް އެއާރޕޯޓު ދީގެން ގަދަކަމުން ނިންމީ، ނިންމުމަށޤ ފަހު އެއްކަލަ ބިލް ތަސްދީގު ކުރީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓުގެ ތަރައްގީއަށް މަސައްކަތް ނުކުރާނީ ދައުލަތުގެ ފަރާތުން ބަޔަކު އެއާޕޯޓު ޖީއެމްއާރު އަތުން ނެގުމަށް، ނުކުމެ ކޯޓަށް ދިޔަ ނަމަވެސް އެއާޕޯޓު ގެއްލޭނެކަން އެނގޭތީވެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ މައި ދޮރާށި ބޭރު ބަޔަކަށް ދީގެން އެމީހުންގެ ސެޓެލައިޓުގަނޑަކަށް ވެގެން ތިބެން ބޭނުންނުވާ އެތަކެއް ވަތަނީ ލީޑަރުން ތަކެއް ތިބިކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved