March 10, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 19, 2025, 11:36 PM
މާލެ ސިޓީ

ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުގައި ވީނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ 900 އަށް ވުރެމަތީގައެވެ.

Advertisement

ރައީސް އޮފީހަކީ އެތަނެއްގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ބަރާބަރަށް ހާމަކުރަމުންދާ ތަނަކަށްވީ އިރު މިސަރުކާރުން މިމައުލޫމާތު ހާމަނުކުރުމުން ދޭހަވަނީ ރައީސް އޮފީހުގެ އިދާރީ ހިންގުން ދަށަށް ގޮސްފައިވާ މިންވަރެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ގައި ތިބީ 922 ސިޔާސީ މެންބަރުން ކަމުގައި މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައިވެއެވެ. ނަމަވެސް މިއަދަދަށްވުރއ ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ އަދަދު މަދެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ.

ރައީސް މުއިޒުގެ ވައުދުފުޅުގައި 700 އަށް ވުރެ އިތުރުކުރާނެ ކަމަށް ބުނެފައި ވީނަމަވެސް އާދައިގެ މަތިން އެހެން ވައުދުފުޅުތަކެކޭވެސް އެއްގޮތަށް މިވައުދުވެސް ވަނީ އޮޅުވާލާފައެވެ. ރައީސް އޮފީހުގެ އިދާރީ ހިންގުމުގައި ވެސް މިފަދަ މައްސަލަ ތަކެއް ޖެހުމަކީ ރައްޔިތުންނަށް ކަނޑައެޅިގެން މައުލޫމާތު ސިއްރު ކުރުން ކަމުގައި ޤަބޫލު ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved