March 19, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު
ރައީސް މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއެކު / ސޯޝަލް މީޑިއާ

ސަހްޔޫނީންނަށް ވާގިވެރިވާކަން ފާޅުގައި ހާމަކޮށްފައިވާ މޯދީ ރާއްޖެ އަންނަކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދީފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 20, 2025, 07:32 PM
މާލެ ސިޓީ

ސަހްޔޫނީންނަށް ވާގިވެރިވާކަން ފާޅުގައި ހާމަކޮށްފައިވާ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަންނަކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

Advertisement

ދިވެހި ސަރުކާރުގެ މައި އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަނީ، ޖުލައި 25، އިން ޖުލައި 26، އަށް ކަމަށާ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ކުރައްވައި، އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހުކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މޯދީގެ ދަތުރުގައި، ދެ ގައުމުގެ ދޭތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން އެމްއޯޔޫތަކެއްގައި ދެ ގައުމުން ސޮއި ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށް އިންޑިއާގެ ނޫސްތަކުގައި ކުރިން ރިޕޯޓުކޮށްފައިވެއެވެ. އަދި މިދަތުރުގެ ވާހަކަ އިންޑިއާގެ ނޫސްވތަކުގައި ރިޕޯޓުކުރުމާ ގުޅިގެން ތޭރަ އޮންލައިންއިން އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރަށް އެކަން އޭރު އެނގިފައި ނެތް ކަމަށެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކުން ތާއީދު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާ ފައިބުޑަށް ވެއްޓިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved