theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
މުސްލިމުންނާއި ދެކޮޅަށް ސަހްޔޫނީންނާއި ގުޅިގެން އިންޑިއާއިން ރާވާ ރޭވުން ވަނީ ނާކާމިޔާބު
Aiminath Zawjah
އައިމިނަތް ޒަޢުޖާ
20 ޖުލައި 2025
މާލެ ސިޓީ

އިންޑިއާ އާއި ސަހްޔޫނީންނަކީ ނިއުކްލިއަރ ބާރު އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ނިއުކްލިއަރ ގޮތުން އެހެން ގައުމުތައް ނިކަމެތިކޮށްލުމަކީ ސިއްރާއި ފާޅުގައި މި ދެ ގައުމުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

މިގޮތުން، ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުން އަންނަ ހަނގުރާމައަށް އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރުވެސް މުސްލިމް ގައުމެއްގެ މައްޗަށް ކުރި ނުހޯދުން އެއީ މި ދެގައުމުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އިންޑިއާ އިން ސަހްޔޫނީންނަށް ވާގިވެރިވެ ފަލަސްތީނުގެ މުސްލިމުން މަރަން ހަތިޔާރު ފޯރުކޮށްދެމުންދާއިރު އިރާންފަދަ ގައުމުތަކުން އަންނަނީ ސަހްޔޫނީންނާއި ދެކޮޅަށް ހަމަލާތައް ދެމުންނެވެ. އެހެންކަމުން އިރާންފަދަ ގައުމުތައް ނިއުކްލިއަރ ގޮތުން ބާރު ދަށްކޮށްލުމަކީ މި ދެ ގައުމުން ހުއްޓާނުލާ ކުރަމުން އަންނަ "ގައުމީ ޖިހާދެކެވެ".

މީގެ އިތުރުން، 1980 ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާ އާއި ސަހްޔޫނީން ސިއްރުން ގުޅިގެން ޕާކިސްތާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވަން ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. ޚާއްސަކޮށް "ކަހުތާގައި" ހުންނަ ޕާކިސްތާނުގެ ނިއުކްލިއާ ފެސިލިޓީއާ މެދު މި ދެ ގައުމުން ވަރަށް ކަންބޮޑުވިއެވެ. މިގޮތުން އެ ފެސިލިޓީގެ ސަބަބުން "އިސްލާމިކް ބޮމެއް" އުފެދިދާނެ ކަމުގެ ބިރު އުފެދި އޮޕަރޭޝަން ކަހުތާގެ ނަމުން ނަން ދީ މަސައްކަތްތައް ފަށާ ސަލާމަތީ ކަންކަމުގެ އިތުރުން ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މުސްލިމް ގައުމެއް އިދަ ޖައްސާލުމުގެ މަސައްކަތްތައް ފެށިގެން ދިޔަ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

އިންޑިއާގެ ޖާސޫސީ އިދާރާތަކުން 1977 ވަނަ އަހަރު ޕާކިސްތާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީ އިދަ ޖައްސާލުމަށް ފެށި މި މަސައްކަތް އަދިވެސް އިންޑިއާއަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސަހްޔޫނީންނާއި އީރާނާ ދެމެދު މިހާރު ފެންނަމުން ދަނީ އެކަހަލަ މަންޒަރެކެވެ. އީރާނުގެ ނިއުކްލިއާ ގާބިލްކަން މި ދެގައުމަށް ފެނި އެމީހުން އަންނަނީ އީރާނުގެ ނިއުކްލިއާ އިދާރާތަކަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް އިރާނުން އަންނަނީ އެއަށްވުރެ ވަރުގަދަ ހަމަލާތައް ދީ ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުންނެވެ.

މުސްލިމުން ފާޅުގައި މަރަން މޯދީ ސަރުކާރުން ގޮވަމުން އަންނައިރު އެފަދަ ގައުމަކާއި ދެކޮޅަށް ތެދުވުމަކީ މުސްލިމް ގައުމެއްގެ ހައިޘިއްޔަތުންނާއި އަދި އިންސާނިއްޔަތު ކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހިތާމައަކީ ދިވެހި ސަރުކާރުން އިންޑިއާއަށް ޘަނާ ކިޔާ ފަލަސްތީނަށް ނުދެވުނު އިހްތިރާމާއި އިއްޒަތް އިންޑިއާއަށް ދޭ މަންޒަރު ފެންނާތީއެވެ. އިންޑިއާއަށް ދިވެހިން ދަރަނިވެރި ކުރުވާ، ގައުމުގެ ތަރިކަ މުދާ މި ސަރުކާރުންނާއި ނިމިދިޔަ ސަރުކާރުން އިންޑިއާއަށް ވިއްކާ ދިވެހީންގެ މިނިވަންކަމަށް ހުރަސްއަޅަމުންދާތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved