April 26, 2026
Advertisement
ހުޅުމާލެ
ހުޅުމާލެ / ސޯޝަލް މީޑިއާ

ޕާކިންގއަށް ހައްލެއް ސަރުކާރުން ހޯދައި ނުދީ ވެހިކަލްތައް ޓޯވ ކުރަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 21, 2025, 02:30 AM
މާލެ ސިޓީ

ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި "ނުގަވާއިދަށް" ޕާކު ކުރާ އުޅަނދުތައް ޓޯވް ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ އިދާރާއިން ފަށައިފިއެވެ.

Advertisement

ހުޅުމާލެ ޕޮލިހުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އުޅުނދުތައް ދުއްވާ ފަރާތްތަކުން، ގަވާއިދާއި އެއްގޮތަށް ޕާކު ކުރުމަށާއި ގަވާއިދާއި ޚިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޓޯވް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕާކް ކުރާނެ ޖާގައިގެ ދަތިކަމުގެ ވާހަކައަކީ ހައްލެއް ނުލިބި އަބަދުވެސް ދައްކަން ޖެހިފައި އޮންނަ ވާހަކައެކެވެ. ނަމަވެސް މިކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން ހޯދައިނުދީ ޓޯވް ކުރާ މައްސަލައިގައި އާންމުން ވަނީ އެކ ފަހަރު މަތިން އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައެވެ.

އަގު ބޮޑުކޮށް ރައްޔިތުން އުޅަނދުތައް ގަނެ ޕާކް ކުރާނެ ރަނގަޅު ސިސްޓަމެއް ނެތުމަކީ އުޅަނދުތަކަށާއި އަދި އެ ދުއްވާ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުން އަންނަ ކަމެކެވެ. މޫސުން ގޯސް ދުވަސްވަރުތަކުގައި ސައިކަލުތައް ވަޔާއެކުގައި ގޮސްފައި ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދެއެވެ.

އާންމުންނަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް 02 އަހަރުވެގެން ދާއިރު ސަރުކާރުން ބީރު ކަންފަތެއް ދިނުމަކީ ސަރުކާރުގެ ނާގާބިލުކަމާއި އެކަށީގެންވާ ސިޔާސަތުތަކެއް ގާއިމުކުރެވިފައި ނެތް ކަމުގެ ހެއްކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved