April 29, 2026
Advertisement
އަންކިތް ތިޔާގީ
އަންކިތް ތިޔާގީ / ޓައިމްސް އޮފް އިންޑިއާ

އިންޑިއާ އިން ރުޅިއައިއްސި ނަމަ އަރަބި އިސްލާމީ ގައުމުތައް ބަނޑަށް ޖެހިދާނެ ކަމަށް އިންޑިއާ މީޑިއާއިން ދައުވާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 22, 2025, 06:01 AM
މާލެ ސިޓީ

އިންޑިއާ އިން ރުޅިއައިއްސި ނަމަ އަރަބި އިސްލާމީ ގައުމުތައް ބަނޑަށް ޖެހިދާނެ ކަމަށް އިންޑިއާ މީޑިއާއިން ދައުވާކޮށްފިއެވެ.

Advertisement

ޓައިމްސް ނައު ނަވްބާރަތް ޑިޖިޓަލް މީޑިއާގެ ޖާނަލިސްޓް އަންކިތް ތިޔާގީ ވަނީ އަރަބި ގައުމުތައް ދެކެ އިންޑިއާއިން ބިރު ނުގަންނަ ކަމަށާއި، އިންޑިއާ އިން ބޭނުންވާ ނަމަ އަރަބި ގައުމުތައް ބަނޑަށް ޖައްސާލާނެކަމަށް ބުނެ އޮން އެއާރ ގައި ވާހަކަ ދައްކާފައެވެ.

މިގޮތުން، އަރަބި ގައުމުތަކުގައި ގިނަ ވަޒީފާތަކުގައި އިންޑިއާގެ ރައްޔިތުން ކަމަށާއި، އިންޑާއަށްވުރެ ބޮޑަށް އެ ގައުމުތަކުން އިންޑިއާއަށް ބޭނުންޖެހިފައިވާ ކަމަށްވެސް އަންކިތް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރު ކުރި އެއް ފުޓްބޯޅަ ދަނޑަކީވެސް އިންޑިއާގެ ކުންފުންޏަކުން އަޅާފައިވާ ދަނޑެއް ކަމަށް ބުނެ އަންކިތް ވަނީ ކަލަގޮވާ އުސޫލުން ވާހަކަދައްކާފައެވެ.

މިއާއި އެކު، ކުވައިތް، ސައުދީ، ޔޫއޭއީ އަދި ބަހްރެއިން ގައިވެސް ވަޒީފާތަކުގައި މިލިއަނުން އިންޑިއާ ރައްޔިތުންނާއި، އިންޑިއާގެ ކުންފުނިތައއ ގާއިމުވެފައި އެބަ ހުރި ކަމަށާއި އަރަބި ގައުމުތައް “ފަންކްޝަން” ކުރަނީ އިންޑިއާ ހެދި ކަމަށްވެސް އަންކިތް ފާހަގަކުރިއެވެ.

އިންޑިއާއިން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި އަރަބި ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުންވެސް އިންޑިއާއަށް ފާޑުކިޔަމުންދާތީ މޯދީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް ބަލައި ނުގަނެވޭ ހިސާބަށް ގޮސްފައިކަން އަންކިތްގެ މި ވާހަކަތަކުން ހާމަވެއްޖެއެވެ.

އަރަބި ގައުމުތަކުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ފޮނުވަން ފަށައިފިނަމަ އިންޑިއާއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް އިގްތިސާދީ ގޮތުން ކުރިމަތިވެގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved