March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިބްްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދިވެހި އިގްތިސާދު ފުނޑާލި: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 21, 2025, 08:02 PM
މާލެ ސިޓީ

އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދިވެހި އިގްތިސާދު ފުނޑާލައިފައިވާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ޑޮލަރުގެ އަގު އަތް ނުފޯރާ ފަށަށް މަތިވަމުންދާ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީ ވެރިކަން ނިމިގެން ދިޔައީ ދިވެހި ރުފިޔާގެ ބޮޑު ދަރަންޏަކާއި އިންޓަނޭޝަނަލްގެ ބޮޑު ޑެބްޓް އަކާއި އެކު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުގެ އިސްވެރިންވެސް ނިމިދިޔަ ސަރުކާރުން ދެ ފަހަރު މަތިން 8000 މިލިއަން ދިވެހި ރުފިޔާ ޗާޕްކޮށްގެން ނެރުނު ކަމުގެ ވާހަކަތައް ޓްވީޓްކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ދުށިން މުއިއްޒުގެ ފަރާތުން ބޭ ބޭފުޅުން ޓްވީޓް ކުރެެއްވި ތަން ދެފަހަރު މަތިން 8000 މިލިއަން ދިވެހި ރުފިޔާ ނެރުނު ކަމަށް

ރައީސް ވިދާޅުވިއެވެ.

މިހާރު ފެނިގެންމިދަނީ ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ދިވެހި ފައިސާ ޗާޕްކުރުމުން އިގްތިސާދަށް ދިމާވި ހީނަރުކަން ކަމަށް ރައީސް ވަނީ ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ.

މިގޮތުން އެމެރިކާ ހިސާބުތަކުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ތިރިވަމުންދާ ކަމަށާއި ނަމަވެސް މީގެ އަސަރު ރާއްޖެއަށް ނުކުރަނީ ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހީނަރުކަމަށް ދިވެހި ގައުމު ވައްޓާލުމަށްފަހު އެކަމުން އަރައިގަނެވޭނެ މާސްޓަރ ޕްލޭންތަކާއި އެކު އައި މީހުންވެސް ވަނީ އިތުރަށް ރާއްޖެ އިނދަޖައްސާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved