March 17, 2026
Advertisement
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި.
ބޯކޮށް ވާރޭވެހި މާލޭ މަގުމަތި ފެންބޮޑުވެފައި. / ދައުރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 21, 2025, 11:01 PM
މާލެ ސިޓީ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

Advertisement

45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހަވީރު 16:45 އިން ފެށިގެން މިރޭ 22:30 އާ ހަމައަށެވެ.

މި ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އާންމުންނަށް ދިމާވެފައިވާ ތަކުލީފުތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved