

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުން ގުނބޯ ހައްދާ ހައްލާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މުއިއްޒު އަތޮޅު ތެރެއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި މަޝްރޫއުތައް ރަށްރަށުގައި އަންނަނީ ފައްޓަވަމުންނެވެ.
މިގޮތުން، ނ.ހެނބަދޫގައި ފުޓްބޯޅަ ދަނޑެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، ތ އަތޮޅުގެ ރަށްތަކުގައި އައިޑީ ކާޑު ހެދުމުގެ މަސައްކަތްތައްވެސް ވަނީ ރައްޔިތުންގެ ވޯޓު ގަތުމުގެ ބޭނުމުގައި ފައްޓާފައެވެ.
2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހު ގައުމަށް ބޮޑު ތަނުން މުއިއްޒު ޚިޔާނާތްތެރިވެފައިވާ ކަމަށާއި ދިވެހިން އިންތިހާއަށް ނިކަމެތިކޮށްފައިވާ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި މުއިއްޒުގެ ސަރުކާރު ބޮޑު ތަނުން ބަލިވެގެންދާނެ ކަމަށްވެސް ތަޖުރިބާކާރުން އަންނަނީ ފާހަގަކުރަމުންނެވެ.
މީގެ ކުރިންވެސް މުއިއްޒު ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތް ކުރައްވާ، އެތަކެއް ވައުދުތަކެއް ވެ ރައްޔިތުންނަށް އޮޅުވާލާފައެވެ. މިހާރުވެސް އެ ގެންދަވަނީ އެއް ވައުދުތަކެއް ރިޕީޓް ކުރައްވަމުންނެވެ.
20 ވަނަ މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ވަނީ ރައްޔިތުންނަށް އެތަކެއް ދޮގާއި މަކަރު ހަދާ، އިންތިޚާބާއި ދިމާކޮށް ރިޝްވަތާއި އެހެނިހެން އެތަކެއް ޖަރީމާތައް ހިންގާފައެވެ.
މީގެ އިތުރުން، މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުން މަރަން ވާގިވެރިވަމުން އަންނަ އިންޑިއާ އާއި ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާގެ ނުފޫޒު ދިވެހިރާއްޖެއަށް ގަދަވުމަށް ދޫކޮށްލައިފައިވާ މައްސަލައިގައި ދިވހި ރައްޔިތުން އަންނަނީ މުއިއްޒުގެ ސަރުކާރަށް "ނޯ" ޖަހަމުންނެވެ.