March 19, 2026
Advertisement
ކުރީގެ ފަނޑިޔާރު މަހާޒު
ކުރީގެ ފަނޑިޔާރު މަހާޒު / ސޯޝަލް މީޑިއާ

އޭޖީ އުޝާމްއާ ގުޅޭ ގޮތުން، ކުރީގެ ފަނޑިޔާރު މަހާޒުގެ ވަރުގަދަ ފަޅާލުމެއް!

Jul 22, 2025, 12:28 AM
މާލެ ސިޓީ

ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއަކީ މިހާ ހިސާބަށް ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ބަންޑަރަ ނައިބު ކަމަށް ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Advertisement

މަހާޒު މިފަދައިން ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި ކުރެއްވި ސޯޝަލް މީޑިޔާ ޕޯސްޓެއްގައެވެ.

އެގޮތުން މަހާޒު ވަނީ ވަކީލަކު ލައްވައި އުޝާމް، މަހާޒަށް ގުޅުއްވި ކަމަށް ބުނާ ކޯލު ފެންނަ ޗެޓްލޮގެއްގެ ސްކްރީން ޝޯޓެއް ވެސް ހިއްސާ ކުރައްވާފައެވެ. އަދި ތަފްސީލު ދެއްވަމުން ވިދާޅުވެފައިވަނީ، އަށް މިނެޓްގެ އެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި ވަކީލެއް މެދުވެރިކޮށް އޭޖީ ގުޅުވި ގުޅުވުމެއްގެ ސްކްރީން ޝޮޓެއް ކަމަށެވެ.

ވަކީލު އަރިހުގައި އޭޖީގެ މެސެޖު ސާފުވިކަމަށާއި، 2022ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2008ގެ ފަހުން ފަނޑިޔާރުންނަށް އެވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ފެނިވަޑައިނުގަންނަވާ ކަމަށް މަހާޒް އެ ޕޯސްޓުގައި ލިޔުއްވިއެވެ.

މަހާޒުގެ މި ޕޯސްޓަށް ކޮމެންޓުކުރި ބައެއް މީހުންނަށް ވެސް މަހާޒު ރައްދު ދެއްވާފައިވެއެވެ. އެގޮތުން މިހާރު މަހާޒު އެ ވާހަކަތައް ދައްކަވަނީ ކިއްވެތޯއާ އަދި އޭރު އެ ވާހަކަތައް ނުދެއްކެވީ ކާކަށް ބިރުންތީ އާންމު މީހަކު އަހާފައި އޮތް އޮތުމަށް މަހާޒު ވިދާޅުވެފައިވަނީ، އެއިރުވެސް މިހާރުވެސް މީހެއް ދެކެ ބިރެއް ނުގަންނަ ކަމަށާ ބަންޑާރަ ނައިބުގެ މެސެޖް އަމަލުން ތަންފީޒުނުވެ ދިއުމުގެ އިހުތިމާލު އެއިރު އޮތް ކަމަށެވެ. އެއިރު އެއީ ސުޕްރީމް ކޯޓަށް ހުށަހެޅި ހިނގަމުންދިޔަ މައްސަލައެއްގެ ޚަޞްމެއް ކަމަށާ ބަންޑާރަނައިިބާ ގުޅޭ ކަމެއްގެ ވާހަކަ ދައްކާނެކަން އެނގޭނަމަ އެ ކޯލު ނުވެސް ނަގާނެ ކަމަށް ވެސް މަހާޒު ލިޔުއްވާފައިވެއެވެ. އަދި މިހާރު އެވާހަކަ ދައްކަނީ އަމަލީ ގޮތުން އެ ދެއްކިވާހަކަ ހަގީގަތަކަށްވުމުން ކަމަށް ވެސް މަހާޒު ވަނީ ވިދާޅުވެފައެވެ.

މަހާޒުއަށް ރައްޔިތަކު އަމާޒުކުރެއްވި ސުވާލަށް ދެއްވި ޖަވާބު
މަހާޒުއަށް ރައްޔިތަކު އަމާޒުކުރެއްވި ސުވާލަށް ދެއްވި ޖަވާބު

މަހާޒު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ފަނޑިޔާރުންނަށް މި ސަރުކާރުން ފޯރުވާ ނުފޫޒު ހާމަކަން ބޮޑުކޮށް ކިޔައިދިނުމަށް ގޮވާލަމުންނެވެ.

ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. މަހާޒު މަގާމުން ވަކިކުރި އިރުވެސް އަދި މިއަދާ ހަމައަށް ވެސް ބަލަމުންދާ ކަމަށް ބުނި މައްސަލައިގެ ތަހުގީގު އޭސީސީއިން ނުނިންމައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved