March 19, 2026
Advertisement
-
- / އަދަދު

މިނިވަންދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ދިދަ މި ގައުމުގައި ވިހުރުވަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 23, 2025, 12:06 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ގުނަ ތައްޔާރީތައް ވަމުން އަންނައިރު މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ދިދަ މި ގައުމުގައި މުއިއްޒުގެ ސަރުކާރުން ވިހުރުވަން ފަށައިފިއެވެ.

Advertisement

މާލޭގެ މަގުތަކުގައި އިންޑިއާގެ ދިދަ ސަރުކާރުން ޖަހާފައިވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ފާޅުކުރަމުންނެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާއިރުގައި ދިވެހިރާއްޖެ ފަދަ މުސްލިމް ގައުމަކުން، މުސްލިމުން މަރަން ވާގިވެރިވާ ވެރިއެއް މިފަދަ ދުވަހެއް ޝަރަފުވެރިކުރަން ދިނުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ކަމަށް ދިވެހިން އަންނަނީ ގޮވާލަމުންނެވެ.

60 އަހަރުގެ މިނިވަންކަމުން އިންޑިއާ ފަދަ ގައުމެއްގެ އަޅުވެތިކަމަށް ދާކަށް އެއްވެސް ދިވެއްސެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މި 05 އަހަރު ނިމިގެން ދާއިރު މި ގައުމުގެ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމުގެ ބިރު ދިވެހިންނަށް ހީވާން ފަށައިފިއެވެ.

އެތައް މިލިއަނުން އިންޑިއާއަށް ގައުމު ދަރުވާލާ، ފަލަސްތީނުގެ މުސްލިމުން މަރަން ސަހްޔޫނީންނަށް ވާގިވެރިވާ އިންޑިއާއިން ވަނީ އެގައުމުގެ "ޕަޕެޓް" އަކަށް މުއިއްޒު ހަދާ މި ގައުމަށް ދިވެހިންނަށް ވުރެ ބޮޑަށް އަތް ގަދަކޮށްފައެވެ.

މިނިވަންދުވަހާއި ދިމާކޮށް މޯދީ ކުރައްވާ ޒިޔާރަތުގައި ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް، އިތުރު ލޯންތައް ސެކިއުއާ ކުރާނެ ކަމުގެ އަޑުވަނީ ފެތުރިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved