

މިނިވަންކަަން އިހުސާސް ކުރެވޭނީ ނުވަތަ މިނިވަންކަން ނެތްކަން އިހުސާސް ކުރެވޭނީ 2 ފެންވަރެްގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، މިރޭ ބޭއްވުނު ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަމުން އެމީހުންނަށް މިނިވަންކަން އިހުސާސް ނުކުރެވޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެއަށްވުރެ ބޮޑު މިނިވަންކަމަކީ ދައުލަތެއްގެ މިނިވަންކަން، ދައުލަތެއްގެ ސިޔާދަތު، ދައުލަތެއްގެ އަމަލުމައުރޫފް، ދައުލަތުގެ ބޭނުންވާކަންކަން، ދައުލަތުގެ ގައުމުގެ ތެރޭގައި ނޫނިއްޔާ ދައުލަރުގެ ސިޔާސަތު ރާއްޖެއިން ބޭރުގައި ހާރިޖީ ކަންކަމަށް ބަސްބުނެވޭތޯ ނޫންތޯ
ދިވެހިރާއްޖެ މިހާރު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.