March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ސަރުކާރުން މޯދީގެ ފުރާނައަށް ޝަރަފުވެރިކަމުގެ ބެޖްވެސް އަރުވާނެ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 11:14 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން މޯދީ ރާއްޖެ ވަޑައިގަންނަވާތީ ސަރުކާރުންނާއި އެމްޑީޕީއިން ހުއްޓުމެއްނެތި ހައްދުފަހަނަ އަޅާފައިވާ މޯދީއަށް ޘަނާ ކިޔަމުން އަންނާތީ ޕީއެންއެފްގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މުއިއްޒުގެ ސަރުކާރުން "ވަސަންތީ" ގެ ފުރާނައަށް ޝަރަފުވެރިކަމުގެ ބެޖްވެސް އަދި އަރުވާނެ ކަމަށެވެ.

ގައުމެއްގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގާބިލުކަމެއް މި ސަރުކާރުގެ ނެތް ކަމަށާއި މިއީ ވާނުވާ ނޭގޭ ސަރުކާރެއް ކަމަށް ބުނެ މަލީހްވަނީ ޕޯސްޓްކޮށްފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ޝަރަފުވެރިއެއްގެ ގޮތުގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ދީ ގެންނާތީ ދިވެހިން އަންނަނީ އެކަމާއި ކަންބޮޑުވެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އޮޅުން ބޮޅުންވެ ގައުމު ހިންގަން މުއިއްޒުގެ ސަރުކާރަށް ނޭގޭ ކަމަށާއި މިއީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މަލީހްވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved