March 11, 2026
Advertisement
-
- / ރައީސް އޮފިސް

ދިވެހިންގެ ނުރުހުމުގައިވެސް މުސްލިމުން މަރާ މޯދީ ދިވެހިރާއްޖެ ގެނެސްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 25, 2025, 06:31 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ގެނެސްފިއެވެ.

Advertisement

މުސްލިމުން މަރާ މޯދީ ރާއްޖެއަށް ނުގެނައުމަށް ދިވެހިން ވަނީ މުއިއްޒުއަށް އެކި ފަހަރު މަތިން ދަންނަވާފައެވެ.

މޯދީގެ މި ދަތުރުގައި އިންޑިއާއާއި އެކުގައި އިތުރު އެއްބަސްވުންތަކުގައި ސޮއިކޮށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު ލޯންތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

މިއީ، އިންޑިއާގެ ނުފޫޒު ރާއްޖޭގައި އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާއިން އަޅާ ވަރުގަދަ ސްޓްރެޓީޖިކް ފިޔަވަޅެއް ކަމުގައި ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރުވެސް އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ގޮތަށް ހެލިކޮޕަޓަރ އަދި ޑޮނިއަރ ފަދަ ތަކެތި ވެސް ސަރުކާރުން ވަނީ ހުއްދަދީފައެވެ.

ރާއްޖެއަށް ވަޑައިގެންނެވުމުން މޯދީއަށް އެއާޕޯޓުން ވަނީ ރަތް ދޫލައި ހާއްސަ މަރުހަބާއެއް ދަންނަވައިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ މިއޮތްހާ ދުވަހު އިންޑިއާ އައުޓް އަށް ގޮވަމުން އައި ރައީސް މުއިއްޒެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved