theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްޑީއެފުން ވަނީ ޚާއްސަ ފާހެއް ވަކި މީޑިޔާތަކަކަށް ދޫކޮށްފައި / ތޭރަގްރެފިކްސް
ހަބަރު
ވަކި މީޑީޔާތަކަކަށް ޚާއްސަ ފާހެއް ދޫކުރުމަށް ފަހު އެމްއެންޑީއެފުން ދޮގު ހަދައިފި
25 ޖުލައި 2025
މާލެ ސިޓީ

މިނިވަން ދުވަހާ ގުޅިގެން އިންޑިއާގެ ޔަހޫދީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ގެނެސް އޭނާގެ ޝަރަފްގައި ހިންގާ ކަންކަމުގައި މަގުތައް ބަންދުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ވަކި މީޑީޔާތަކަކަށް ފާސްދޫކުރުމަށް ފަހު މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްއިން ދޮގު ހަދައިފިއެވެ.

މޯދީ ހަރަކާތްތެރިވަމުން ދިޔަ ސަރަހައްދުތަކުގެ މަންޒަރުތައް ކަވަރ ކުރުމަށް ދިޔަ ބައެއް ނޫސްވެރިން ސަރަހައްދަށް ވަނުން މަނާކޮށްފައިވެއެވެ. އަދި އެމްޑީއެފުން ދޫކުރި ޚާއްސަ ފާހަށް މެނުވީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެމްޑީއެފް މީޑިޔާ ގުރޫޕުގައި ސުވާލުކޮށްފައެވެ. އަދި ފާސް ދޫކުރީ ވަކި މީޑީޔާތަކަކަށް ތޯ ސުވާލުކޮށްފައިވެއެވެ. ޖަވާބުގައި އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވަނީ އެމްއެންޑީއެފުން އެއްވެސް މީޑިޔާއަކަށް ފާސްދޫނުކުރާ ކަމަށެވެ.

ނަމަވެސް އެ ޖަވާބާއެކު ނޫސްވެރިއަކު ވަނީ އެހެން ނޫސްވެރިއަކަށް އެމްއެންޑީއެފުން ދޫކޮށްފައިވާ ޚާއްސަ ފާހުގެ ފޮޓޯއެއް ހިއްސާކޮށް ދެއްވި ޖަވާބަށް ޝުކުރިއްޔާއޭ ބުނެފައެވެ.

މި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އެކި އެކި ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި އެންމެ އުނދަގޫ ކަމަކަށްވެފައި އޮންނަނީ ކަމާ ގުޅުން ހުރި އިދާރާތަކުން ޖަވާބު ދިނުން ލަސްވުމާ ޖަވާބުދިނުމުގައި ދޮގު ހެދުމާ ވަކި ވަކި މީޑީޔާތަކަށް އިސްކަން ދިނުން ކަހަލަށް ކަންކަމެވެ. މިއީ އެކި ނޫސްވެރިންގެ ބޮޑު ޝަކުވާއަކަށް ވެފައިވާ ކަމެކެވެ. ނޫސްވެރިންގެ މެދުގައި ހަމަހަމަ ކަމާ އެކު މައުލޫމާތު ފޯރުކޮށްދިނުމާ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ނޯންނަ ކަމަށް ގިނަ ނޫސްވެރިން ބުނެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved