March 22, 2026
Advertisement
-
- / ތޭރަ އޮންލައިން

މިނިވަން ދުވަހު ރައްޔިތުން ކުރަންޖެހޭ އުފަލަށް ވުރެ އޭގެ ހިތާމަ ބޮޑު: މަލީހު

Sudha Latheef
ސުދާ ލަތީފް
Jul 26, 2025, 01:56 AM
މާލެ ސިޓީ

މިނިވަން ދުވަހެއް އަޅުގަނޑުމެންނާއި ބައްދަލުކުރާއިރު މިނިވަން ދުވަހު ރައްޔިތުން ކުރާ އުފަލަށް ވުރެ ހިތާމަ ބޮޑުވެގެންދާ މަންޒަރު ފެނިގެންދާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ގެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިވަން ދުވަސް އެހެން ގައުމުތަކުގައި ފާހަގަކުރަނީ ގައުމުގެ ރައްޔިތުންނާ އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރެއްވި އެކިއެކި އަބްތާލުންގެ ޒިކުރު އާކުރަން ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެހެންނަމަވެސް މިއަދު ފެނިގެންދަނީ ރައިސް މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގެ ޝަރަފުވެރިކަމުގެ އިނާމު ދެއްވާ ކޮމިޓީއިން 3 ނޮވެމްބަރުގެ ދިވެހި އެތައް ބަޔަކު ޝަހީދުކޮށްލި ވަސަންތީއަށް ގައުމީ ހިތްވަރުދިނުމުގެ ބޮޑު އިނާމެއް ދިނުމުގެ މިސްރާބަށް ގައުމުގެ ކަންކަން ދާ މަންޒްރު ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ މުސްލިމުން މަަރަން ހިތްވަރުދޭ ނަރެންދްރަ މޯދީ ރާއްޖެ ގެނެސް އޭނާ ލައްވާ ދިވެހިންނަށް ބުލީކުރަމުން ސަރުކާރުން ގެންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved