April 23, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

މަލީހު ވިދާޅުވީ ރައީސް މުއިއްޒުގެ ސައިޒް، ވިދާޅުވީ އިސްކޮޅަކީ 3 ފޫޓު 11 އިންޗި ކަމަށް

Sudha Latheef
ސުދާ ލަތީފް
Jul 26, 2025, 07:51 PM

ރައީސް މުހައްމަދު މުއިއްޒަކީ އިސްކޮޅުން ދިގު ބޭފުޅެއް ނަމަވެސް އެކަން ވަކި ބައެއްގެ ކުރިމަތީގައި މަތި ހަށީ ނަގާފައި ފާޅުކުރަން ނުކެރޭކަން ދޭހަވާފަދަ އިބާރާތަކުން ޕީއެންއެފްގެ ސެކެރެތަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހުގެ ނުރުހުން ފާޅުކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒުގެ އިސްކޮޅަކީ އެންމެ 3 ފޫޓު 11 އިންޗިކަމަށް ވިދާޅުވެފައިވެއެވެ.

މަލީހު ޕޯސްޓުގައި ވިދާޅުވީ "ބުލީ ކުރީ އެހެންމީހުންނެއް ނޫން. އަމިއްލަ ނަފްސު އަމިއްލައަށް ޒަހަމްކުރީ".

މީގެ އިތުރުން މަލީހު ވިދާޅުވީ ލޭ ހިނގާ ދިވެހި ދަރިއަކަށް ނުވެވުނު ކަމަށެވެ . އަދި ރައީސް މުއިއްޒުއަކީ ފިނޑިއެއް ކަމަށް ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާ އައުޓު ގޮވަމުން ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ގޮތް ހުސްވެ އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖަހަން މަޖްބޫރުވެފައި ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. އެގޮތުން ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގެނައުމުން ވަރަށް ރަގަށް ވެސް މުއިއްޒުގެ ސައިޒު ހާމަވެއްޖެ ކަމަށް ވެސް ރައްޔިތުން ބުނަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved