April 26, 2026
Advertisement
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް، ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

މުއިއްޒުގެ މުނާފިގުކަމުގެ ހައްދެއް ނެތް: ޑރ ޖަމީލު

Sudha Latheef
ސުދާ ލަތީފް
Jul 26, 2025, 10:02 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި ވެރިކަމުގެ ހަރަކާތްތަކަށް އާންމުކޮށް ފާޑުކިޔުން އަމާޒުކުރައްވާ، ޑރ މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މިއަދު ސޯޝަލް މީޑިއާގައި ޑރ ޖަމީލް ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދޮގުހެދުމާއި އޮޅުވާލުން އިންތިހާއަށް ގޮސްފައިވާކަމަށް ތުހުމަތުކުރައްވައިފައެވެ.

ޑރ ޖަމީލްގެ ޕޯސްޓުގައި ސުވާލު އުފައްދާފައިވަނީ "މުއިއްޒު ދެން ދިވެހިން ކައިރީ 2028 ނުވަތަ ކައުންސިލް އިންތިހާބުގައި އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ؟" މިހިސާބަށް ވެރިޔަކު މުއިއްޒު ފަދައިން ދޮގުހެދުމާއި އޮލުވާލުމުގެ މި ދަރަޖައަށް ނުގޮސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ހަގީގަތުގައިވެސް މުއިއްޒުގެ މުނާފިގުކަމުގެ ހައްދެއް ނެތް" ޖަމީލް އިތުރަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖަމީލްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވަނީ، ދިވެހިންގެ އަގު ބޭރު ގައުމުތަކުގެ ކުރިމަތީގައި ވެއްޓެމުން ދަނީ ދިވެހި ވެރިންގެ ނާގާބިލްކަމުގެ ސަބަބުން ކަަމަށެވެ. އަދި "ކިތަންމެ ދަތިވިޔަސް ބޫޓުގެ ދަށްފުށުގައި ދޫލާ ހިސާބަށް ވެއްޓިގަތީމަ ބަޔަކު ކުރާނެ ގަދަރެއް ނޯންނާނެ ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ހާއްސަކޮށް އިންޑިއާއާ ގުޅުންހުރި މައްސަލަތަކަށް އަލިއަޅުވާލަމުން ޑރ. ޖަމީލް ވިދާޅުވީ، މުޅި އިންޑިއާ މިހާރު ދިވެހިރާއއްޖެއަށް އެކުރަނީ މަލާމާތް ކަމަށެވެ. "އިންޑިއާ އައުޓް" ކިޔަމުން އައި ބަޔަކު މިހާރު ފައިބުޑަށް ވެއްޓިގަތީކަމަށް ވިދާޅުވަމުން، ޑރ ޖަމީލް ވަނީ ރައިސް މުއިއްޒު ދިވެހިން ލަދުގަންނަވާލާ އިންތިހާއަށް ނިކަމެތިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ވަރުގައި ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހުމާނަކީ މޯދީ އެވެ. މި ރަސްމިއްޔާތަށް އެ މަނިކުފާނަށް ދައުވަތު ދެއްވީ މުއިއްޒެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved