
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ފައި ބުޑުގައި ދިވެހިރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އޮތް ފޮޓޯއަކާ އެއްކޮށް ރައީސް އަބްދުﷲ ޔާމީން އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ.
ރައީސް ޔާމީން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ،ހަނދާނާ ތާރިޚަށްޓަކައި އެއީ މުހިއްމު ވަގުތުކޮޅެއް ކަމަށެވެ. އެއީ އިންޑިއާގެ ބޮޑު ވަޒީރު ވަޑައިގެން ދިވެި ގައުމު ހަމައަކަށް އަޅުއްވާތީ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ، އިންޑިއާ އައުޓު ގޮވަމުން އައި ސަރުކާރުން އިންޑިއާ ކުރިމަތީ ކުޑަ ކަކޫ މައްޗަށް ތިރިކުރުމުން މާޖާޒީ ގޮތަކަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މޯދީ ވަނީ ސަލްޓަން ޕާކުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމު ޝަރަފްވެރިކޮށޤދީފައެވެ. އެ ޕްރޮގްރާމުގައި މޯދީ އިންދީ ހިންދޫއިން އަޅުަކްނ ކުރަން ގެންގުޅޭ ބޮއި ގަހެކެވެ.
އިންޑިއާ އާ ދެކޮޅަށް އަޑު އުފުލާ މިނިވަންކަމާ ސިޔާދަތުގެ ފަލަ ރޮނގެއް ރައީސް މުއިއްޒު ދަންމާ އަދި އަމިއްލަފުޅަށް އެ ރަތް ރިނގު ހުރަސްކުރެއްވުމުން ދީނީ އިލްމުވެރިންވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން މުސްލިމުން މަރަމުންދާ ގާތިލެއްގެ ގޮތުގައި މޯދީ ސިފަކޮށް އިލްމުވެރިން ބުނެފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން މޯދީ ގެނައުމަކީ މުސީބާތެއް ކަމަށެވެ.










