March 1, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމްބެސެޑަރު މި ދެއްވީ ޗައިނާގެ ރައީސްގެ މެސެޖް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 02:12 AM
މާލެ ސިޓީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޗައިނާ ރައީސްގެ ފަރާތުން ތަހުނިޔާ މެސެޖް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ދެއްވައިފިއެވެ.

Advertisement

ޗައިނާ ސަފީރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައި ވިދާޅުފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ޗައިނާގެ ރައީސް ޝީޖިން ޕިން ފޮނުއްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ޗައިނާ-ދިވެހިރާއްޖެ ގުޅުން ބަދަހިކޮށް ދެ ގައުމުގެ ތަރައްގީއަށް ބޮޑު އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ކަމަށާ އަދި ފުޅާ ދާއިރާއެއްގައި އިސްތިރާޖީ ބައިވެރިކަން އިތުރަށް ކުރިއަރުވާ، ދެގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް މި މެސެޖުގައި ހާމަކޮށްފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާ އާއި އެކުގައި ގުޅުން ވަރުގަދަކޮށް ޗައިނާގެ އެހީގެ ދަށުން ޚަރަދުކުޑަކޮށް އަގުހުރި ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ.

ނަމަވެސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެ މި ގުޅުން ކިލަނބުވެފައިވީ ނަމަވެސް އަދިވެސް ރާއްޖެއާއި އެކުގައި މަސައްކަތް ކުރަން ބޭނުންވާކަން ޗައިނާ ރައީސްގެ މެސެޖުން ހާމަވެއެވެ.

މި ސަރުކާރުން ހަމައެކަނި ގުޅުން ބަދަހިކޮށް ރުއްސަން ބޭނުންވަނީ އިންޑިއާ އެކުގައި ކަން ސަރުކާރުން އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި އެހެން ގައުމުތަކަށް ދައްކަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved