

ރައީސް އަބްދުﷲ ޔާމީން ފިޔަވައި މި ގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ކޮމްޕްރޮމައިޒްވެފައި ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވައްޑެގެ ޕޯސްޓުގައި އިންޑިއާގެ ހިންދުވެތާ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުންނާ ބައްދަލުކުރި ފޮޓޯ އެއް ހިއްސާކޮށްފައިވެއެވެ.
ވައްޑެ ވިދާޅުވީ މޯދީ ފުރީ ރައީސް ޔާމީން ފިޔަވައި ހުރިހާ ސިޔާސީ ލީޑަރުން އޭނާގެ ފައިބުޑަށް ތިރިކޮށްފައި ކަމަށެވެ. އަދި މިއީ ދިރިތިބީންނަށް އިބުރަތަކަށްވާނެ ޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ އެއިން ހާމަވެގެން ދަނީ ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ލީޑަރުން ތިބީ ކޮމްޕްެރޮމައިޒުވެފައި ކަން ކަމެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާން ވާނީ އިޙްތިރާމާއި، ގަދަރާއި މިނިވަންކަމާއިއެކު ކަމަށާ ނޫން ގޮތަކަށް ޙާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަމަ ކޮންމެވެސް އެއްބަޔަކު ނާޖާއިޒް ފައިދާ ނަގާނެކަމަށެވެ.