theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑްރޯން ޝޯއަށް އެކަނިވެސް 28 މިލިއަން ރުފިޔާ ހޭދަކުރިކަމަށްވޭ / ނިޝާން އަލީ
ސިޔާސީ
ރައްޔިތުން ނުކައި ނުބޮއި ތިއްބާ ބޭކާރު ޚަރަދުކޮށް ޝޯ ބޭއްވުން މުހިއްމެއް ނޫން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖުލައި 2025
މާލެ ސިޓީ

ރައްޔިތުން އެހާ ދަތި ހާލުގައި ތިބި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން އެހާ ބޮޑު ހޭދައެއް ކުރުމުން ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެއާޕޯޓު ޓާމިނަލް ހުޅުވަން ސަރުކާރުން ބޮޑު ހޭދައެއް ކުރައްވީތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުން މިއަދު ތިބީ ވަރަށް އާންމު ހާލަތު ދަށްކޮށް ކަމާ އެހެންކަމުން ޓާމިނަލް ހުޅުވާއިރު ޝޯއަކުން ރައްޔިތުންނަށް ލިބޭނެ އުފަލެއް ނެތް ކަމަށް ވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ.

މިނިވަންކަން ރާއްޖޭގައި އޮތް ނަަމަވެސް، އެ ހާލުގައި އުޅޭ ރައްޔިތު މީހާއަށް އެއީ އުފާވެރިކަމަށް ނުވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ހާޅުގައި އުޅޭ މީހާއަށް މިހާރު "މިނިވަން ދުވަސް ދުވަސް އޮތަސް، ނެތަސް މައްސަލަކަށް ނުވާ" ކަމަށަވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަންކަމަށް ހޭދަ ކުރަން ހުންނަ ލާރި އެކަންކަމަށް ހޭދަ ނުކޮށް، އެއާޕޯޓެއް ހުޅުވާއިރު ޑްރޯން ޝޯއަކަށް 28 މިލިއަން ދެން ހުރި އެހެން ކަމަށް 12 މިލިއަން. މިއީ ކޮން ދެއްކުންތެރިކަމެއްތޯ. އެއާޕޯޓު ޓަމިނަލް ހުޅުވީމަ ނިމުނީނޫންތޯ. އެ ޓާމިނަލް ހުޅުވުނީމަ ހަވާ ޝޯއަކުން ނޫނޭ ރައްޔިތުން އުފާ ވަނީ. އެތަނުގެ ނިޒާމު ފުރިހަމަވެ އެތަނުގެ ކަންތައްތައް ފުރިހަމަވީމަ އަދި އެތަން ރީތިވީމަ އަޅުގަޑުމެންނަށް އެވެޔޭ ގައުމީ ޝަރަފަކަށް. ފަޓާސް ނޭރުވިޔަސް ހެވޭ އިނގޭތޯ. ރައްޔިތުން ނުކައި ނުބޮއި ތިއްބާ ބޭކާރު ޚަރަދުކޮށް ޝޯ ބޭއްވުން މުހިއްމެއް ނޫން

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހަވަޔާ ޑްރޯން ޝޯ ބޭއްވުމަށް ވުރެ ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށްވީ ވައުދު ފުއްދަން އެ ފައިސާ ބޭނުންކުރުން މާ ބުުއްދިވެރި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved