March 11, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި / ސޯޝަލް މީޑިއާ

އާ ޓާމިނަލްގެ މަސައްކަތަށް ރައީސް ޔާމީނަށް ޝުކުރު ދަންނަވާ، ގެއްލިފައިވާ ތާއީދު ހޯއްދަވަން މުއިއްޒު މަސައްކަތްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 04:59 AM
މާލެ ސިޓީ

އާ ޓާމިނަލްގެ މަސައްކަތަށް ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު ދަންނަވާ ގެއްލިފައިވާ ތާއީދު ހޯއްދަވަން ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތްކުރައްވައިފިއެވެ.

Advertisement

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިރޭ ހުޅުވިގެން ދިޔައީ ނިމިދިޔަ ދެ ސަރުކާރުގެ ވެރީންގެ ވެސް ބޮޑު ބައިވެރިވުމެއް އޮވެގެންކަން ފާހަގަ ކުރައްވާ ރައީސް ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކޮށްފައެވެ.

އާ ޓާމިނަލް ހުޅުވަން ކައިރިވެފައިވަނިކޮށް އިދިކޮޅު އެމްޑީޕީ އާއި ސަރުކާރުން ދިޔައީ މި މަޝްރޫއުގެ “ކްރެޑިޓް” ނަގާނެ ފަރާތަކާއި މެދު ބަހުސްކޮށް ކޯޅެމުންނެވެ.

ރައީސް ޔާމީނަށް ބޮޑެތި ފާޑުކިޔުންތައް މި މަޝްރޫއު އާއި ޖީއެމްއާރް މައްސަލައިގައި އަމާޒުކޮށް އާންމުންގެ ނުރުހުން މުއިއްޒަށް ލިބުމުން އެކަން ފޫބެއްދުމަށް ޖެއްސި ސްޓަންޓްއެއް ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން މި ބިޔަ ބޮޑު މަޝްރޫއުއަކީ ރައީސް ޔާމީންގެ ތަސައްވަރެއް ކަން މިއަދު ރައީސް މުއިއްޒަށް ވަނީ ގަބޫލުކުރަން ޖެހިފައި ކަމަށްވެސް ބުނެ އާންމުން އަންނަނީ ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ.

ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް ދިވެހި ރައްޔިތުން ކުރައްވާ ލޯތްބެއްގެ ބޮޑުކަމުން އެމަނިކުފާނުގެ މިނިވަންކުރަން ހޮވި ވެރިއެއް ކަމަށާއި، މިއީ ރައީސް މުއިއްޒަށް ގެއްލެމުންދާ ތާއީދު ހޯއްދެވުމަށް ވިދާޅުވި އެއްޗެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved