June 18, 2026
Advertisement
މުއިއްޒު އަދި މޯދީ
މުއިއްޒު އަދި މޯދީ / ތޭރަ އޮންލައިން

ރައީސް މުއިއްޒު އާއިއެކު މިނިވަން ދުވަސް ފާހަގަކުރުމަށްފަހު މުސްލިމުންނާއި އަދާވާތްތެރި ސިޔާސަތު ގެންގުޅޭ މޯދީ ފުރައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 27, 2025, 04:39 PM
މާލެ ސިޓީ

ރައީސް މުއިއްޒު އާއިއެކު މިނިވަން ދުވަސް ފާހަގަކުރުމަށްފަހު މުސްލިމުންނާއި އަދާވާތްތެރި ސިޔާސަތު ގެންގުޅޭ މޯދީ ފުރައިފިއެވެ.

Advertisement

60 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރިއެއްގެ ގޮތުގައި މުއިއްޒު ވަނީ މޯދީ ގެނެސް، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ނަމުގައި މަޝްރޫއުތަކުގައި އިންޑިއާ އެކުގައި ސޮއިކޮށް އިންޑިއާގެ ނުފޫޒުގެ ދަށަށް ގައުމު ގެންގޮސްފައެވެ.

މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން އިންޑިއާއަށްް ވަކި ޚާއްސަކަމެއް ދެއްވާ މުއިއްޒު ވަނީ ދިވެހި ރާއްޖެއާއި އެހެން ގައުމުތަކާއި އޮންނަ ޚާރިޖީ ގުޅުން ކިލަނބުކޮށްލާފައެވެ.

މި ދަތުރާއި ގުޅިގެން ރާއްޖެ ވަޑައިގެން މޯދީ ވަނީ އެކްސްގައި ދިވެހިންނަށް ބުލީކޮށް، ދެގައުމުގެ ގުޅިން ދަމަހައްޓަނީ ހަމައެކަނި އިންޑިއާ ރައްޔިޔުން ކަމަށް ބުނެ ދިވެހިންނަށް ފާޑުކިޔާފައެވެ.

އިންޑިއާ އައުޓް ކަމަށް ގޮވަމުން ވެރިކަމަށް ވަޑައިގެން، މޯދީއަށް ދެއްވި ޝަރަފާއި އިއްޒަތް ފެނި މުއިއްޒުގެ ބާރު ނެތް ކަމަށާއި މުއިއްޒުގެ ސަރުކާރު އުނބަށް ޖެހިފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މުއިއްޒަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved