April 26, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

މިނިވަންކަން "ގްރާންޓެޑް"އަށް ނަގައިގެން ނުވާނެ: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Jul 27, 2025, 09:28 PM
މާލެ ސިޓީ

މިނިވަންކަން "ގްރާންޓެޑް"އަށް ނަގައިގެން ނުވާނެ ކަމަށް ކުރީގެ ނައީބް ރައިސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ ކާބަފައިންގެ މިންނެތް މަސައްކަތުން ގައުމަށް ލިބުނު މިނިވަންކަން ދެމެހެއްޓުމުގެ ޒިންމާ މިއަދު އޮތީ މިހާރުގެ ޖީލުތަކުގެ ކޮނޑުގައި އެޅިފައި ކަމަށެވެ. އެހެންކަމުން މިނިވަންކަމަކީ ހަމަ ހިތަކަށް ލިބުނު ކަމެއްގެ ގޮތުގައި ނުދެކުމަށް ޑރ ޖަމީލު ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާތް ﷲ ވަނީ މިނިވަންކަމުގެ، މަތިވެރި ނިޢުމަތް މި ނިކަމެތި ރައްޔިތުންނަށް ދެއްވާފައިކަމަށެވެ.

"އަޅުގަނޑުމެން މިނިވަންކަން ގްރާންޓެޑްއަށް ނަގައިގެން ނުވާނެ. މިނިވަންކަން ގްރާންޓެޑްއަށް ނެގިނަމަހީ އެ ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް އިބްރާހިމް ނާސިރު ހޯއްދެވި މިނިވަންކަން މިއަދު ނުލިބުނީސް. މިއަދު މިތާގަ މިވާހަކަ ދައްކަން މި ފަސްގަނޑެއް ނޯންނާނެ. އަޅުގަނޑުމެންނަށް މި ހިސާބަށް މިއާދެވުނީ މިދެންނެވި ގޮތަށް އެ މަސައްކަތުގެ ތެރެއިން އެތައް ބަޔަކު އެތައް ގުރުބާނީތަކެއް ވުމުން"

ޑރ ޖަމީލު

ޑރ ޖަމީލް އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެވެސް ޒީލަތެއް އޮތް ކަމަށާއި އަޅުގަނޑުމެންވެސް ލަދު ގަންނަ ކަމަށެވެ. އަދި އިނޑިއާ ފަދަ ޤައުމުތަކަށް ގޮސް އަޅުގަނޑުމެންގެ ވެސް ޤައުމެއް އޮތް ކަމަށާއި އަހަރެންމެންނަކީ މިނިވަން އިސްލާމް ދީނުގެ ބައެކޭ ފަޙުރުވެރިކަމާއިއެކު ބުނަން ބޭނުންވާ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ރައްޔިތުން ކައިރިއަށް ވަޑައިގަތީ މި ވާހަކަތައް ވިއްކަން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved