March 19, 2026
Advertisement
އިންތިޚާބަށްފަހު ނަތީޖާ އިއުލާން ކުރަނީ
އިންތިޚާބަށްފަހު ނަތީޖާ އިއުލާން ކުރަނީ / ޕީއެސްއެމް

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު މިއަދު ހަމަވާނެ

Aishath Naja
އައިޝަތު ނަޖާ
Feb 24, 2024, 05:21 PM
މާލެ ސިޓީ

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.

Advertisement

ކެންޑިޑޭޓުންގެ މަންދޫބުންނަކީ ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަން ކުރާ މަންދޫބެކެވެ.

އެގޮތުން ކޮންމެ ވޯޓުލާ މަރުކަޒަކަށް ވެސް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އަދި އެ މުއްދަތު ހަމަވާނީ މިއަދު މެންދުރު ފަހު 3:00 ގައެވެ.

ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް އީ-މެއިލް މެދުވެރިކޮށް ހަމަޖެހިފައިވާނެއެވެ. އަދި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved