theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއުތަސިމްއަށް އިނާމް އައި ގޮތް މިއަދު ސާފުކޮށް ފެންނަ ކަމަށް ޑރ ޖަމީލު ވިދާޅުވުން / ސޯޝަލް މީޑިއާ
ސިޔާސީ
މިއަދު މިއެނގެނީ ދުސްތޫރީ މައްސަލަވެސް އަދި ރައީސް ޔާމީނުގެ ޙުކުމުގެ އިނާމު މުއުތަސިމަށް އައިގޮތް: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
27 ޖުލައި 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ބިލާ ގުޅިގެން ސުޕްރީމު ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަވެސް އަދި ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެންސީ ބާތިލުވާނެހެން ސުޕްރީމު ކޯޓުން ކުރި ޙުކުމުގެ އިނާމު، އޭރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާނަށް އައިގޮތް މިހާރު އެނގި ހާމަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަރުވާފައިވާވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ މުއުތަސިމަކީ ރާއްޖޭގެ ޖުޑިޝިއަރީ ކިރާލި ވަރަށް ޗީޕު މީހެއްގެ ގޮތުގައި ސިފަކުރައްވާ އެކްސްގައި ޕޯސްޓުކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މާޒީގައި ހިނގާފައި ހުރި ގިނަ ކަންތައްތަކެއްގެ ހަގީގީ މަންޒަރު މިހާރު ނިއުޅި ހާމަވަމުން ސާފުވަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީނުގެ 2023ގެ ރިޔާސީ ކެންޑިޑޭސީ ގެއްލުނީ ސުޕްރީމް ކޯޓުގެ ޙުކުމުންކަމާ އެދުވަހާ ހަމައަށް އެކޯޓުގެ ތަރުޖަމާ އޮތް ގޮތް ޢަބްދުﷲ ޖާމިޢު މައްސަލައިން އެނގޭކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ނިހާއީ ޙުކުމެއް ނެތި ޙައްގެއް ގެއްލިގެން ނުވާނެކަނަ ްއެ ހުކުމުން ހާމަވާން އޮތް ކަން ވެސް ފާހަގަކުރައްވާފައެވެ. އެ ހުކުމަކީ މުއުތަސިމްގެ އަމިއްލަ ހުކުމެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެއަށް ފަހު އެކޯޓުގެ 3 ފަނޑިޔާރުން ކުށެއް ނެތި ރައީސް މުއިއްޒު މަގާމުން ވަކިކުރި އިރު މުޢްތަޞިމް ހުރީ ހަނުކަމާ މިއަދު ފެނުނު މަންޒަރުން އެނގެނީ ދުސްތޫރީ މައްސަލަވެސް އަދި ރައީސް ޔާމީނުގެ ޙުކުމުގެ އިނާމު މުއުތަސިމަށް އައިގޮތް ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޙައްގު ނޫން ކޮންމެ އެއްޗެއްގެ މާނައެއް ނޯންނާނެކަމަށާ އަދި ބާޠިލް ކޮންމެ އެއްޗެއްވާނީ ބާޠިލަށް ކަމަށް ވިދާޅުވެ ޑރ ޖަމީލުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، މުއުތަސިމަށް ލިބުނު ލަގަބަކީ އޭނާއަށް ޙައްގު އެއްޗެއް އަދި ގަދަރެއް ނޫން ކަމަށް ވިދާޅުވެ އެއީ ބާޠިލް އެއްޗެއްގެ ގޮތުގައި ވިދާޅުވަމުންނެވެ. އަދި މުޢުތަޞިމަކީ ޖުޑިޝަރީ ކިރާލި ވަރަށް "ޗީޕު" މީހެގެ ގޮތުގައި ޑރ ޖަމީލު ވަނި ސިފަކުރައްވާފައައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved