March 11, 2026
Advertisement
މިނިވަން ދުވަހާ ދިމާކޮށް މުޅި ދުނިޔެއަށް ދެއްކީ އަޅުގަޑުމެންގެ ސިޔާސީ މިނިވަންކަން އޮތީ ސްޓޭކުގައި ކަން: ރައީސް ޔާމީން
މިނިވަން ދުވަހާ ދިމާކޮށް މުޅި ދުނިޔެއަށް ދެއްކީ އަޅުގަޑުމެންގެ ސިޔާސީ މިނިވަންކަން އޮތީ ސްޓޭކުގައި ކަން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

މިނިވަން ދުވަހާ ދިމާކޮށް މުޅި ދުނިޔެއަށް ދެއްކީ އަޅުގަޑުމެންގެ ސިޔާސީ މިނިވަންކަން އޮތީ ސްޓޭކުގައި ކަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 28, 2025, 03:20 AM
މާލެ ސިޓީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި ދުނިޔެއަށް ދެއްކީ ރާއްޖެއަކީ ސިޔާސީ މިނިވަންކަން އޮތީ އަޅުވެތިވެފައިކަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާ ބޮޑު ވަޒީރު ރާއްޖެ އައީ ބޮޑު ރޭވުމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނި ބޮޑުވެ ހިރާސް އޮތުމުން ރާއްޖޭގެ ކްރެޑީޓު ރޭޓިން ދަށްކޮށް ރާއްޖެ އިގްތިސޯދީ ގޮތުން އިނދަޖެހިފައި އޮތުމުން ރާއްޖޭގެ ނިކަމެތިކަން ދައްކަން މޯދީ ބޭނުންވެ ސީދާ މޯދީ ރާއްޖެއަށް އައީ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެ އޮތީ އިގްތިސޯދީ ގޮތުން އިންޑިއާގެ އަޅުވެތިކަމުގައި ކަން މުޅި ދުނިޔެއަށް ދައްކަން ކަމަށެވެ. އަދި ރައީސް މުއިއްޒު އެ ފުރުސަތު މޯދީއަށް ތަނަވަސްކޮށްދީ ދިވެހިންގެ މިނިވަން ދުވަހު މުޅި ދުނިޔެއަށް ދެއްކީ އަޅުގަޑުމެންގެ ސިޔާސީ މިނިވަންކަން އޮތީ ސްޓޭކުގައި ކަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިގްތިސޯދު މެނޭޖުކުރަން ނޭނގުމުގެ ނަތީޖާ ހިތިވާނެ ކަމަށާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ސަރުކާރުން ނެގި ލޯނު މެނޭޖު ކުރަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މިނިވަން ދުވަސް ޝަރަފްވެރިކޮށްދޭން އައިސް މޯދީ ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އެއް ކުރިން ހުރި އެލްއޯސީތަކުގެ އިތުރުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަމަ ޖައްސާފައި ދީފައިވެއެވެ.

މިހާރުވެސް ދިވެހިރާއްޖެއަށް ދަރަނި ނުދެއްކި ޑީފޯލްޓަކާ ދިމާއަށް ގައުމު މިސްރާބު ޖަހާފާނެކަމުގެ ހިރާސް ބޮޑުވެ ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved