March 11, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖެއަށް ދިމާވި ހުރިހާ ގޯސްކަމެއް ކުރިމަތިކުރުވީ އެމްޑީޕީ ސަރުކާރުން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 28, 2025, 04:05 AM
މާލެ ސިޓީ

ދިވެހިރާއްޖެއަށް ހުރިހާ ގޯސްކަމެއް ކުރިމަތި ކުރުވާފައިވަނީ އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރުވެސް ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރަމުން ގެންދިޔަ ކަމަށެވެ.


އިންޑިއާގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް އެންމެ ފުރަތަމަ މި ގައުމަށް ގެނައީ ރައީސް ނަޝީދު އަދި ވަހީދުގެ ސަރުކާރުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތަކެތި ބޭރު ކުރަން ގާނޫނާއި އުސޫލުތަކުގެ ދަށުން އިންޑިއާ ސަރުކާރަށް އެންގުމުންވެސް ނުގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހެލިކޮޕްޓަަރާއި ދޯނިއާ އެއީ ރައީސް ނަޝީދު އަދި ރައީސް ވަހީދު ސަރުކާރުގައި ގެނައި ތަކެތި. އަޅުގަނޑި ވެރިކަމާއި ހަވާލުވިއިރުވެސް އެ އެއްޗެހި ދިޔައީ ބޭނުންކުރަމުން.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ ސިފައިންގެ ވިސާ އިތުރު ނުކޮށްދިނުމުންވެސް ގަދަ ބާރުން އެމީހުން ރާއްޖޭގައި މަޑުކުރި ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއާއި އެކުގައި މި ގައުމަށް ހުރިހާ ގޯސްކަމެއް ކުރިމަތި ކުރުވީ އެމްޑީޕީ އިން ކަމަށާއި ޖީއެމްއާރަށް ގައުމީ ވައިގެ ބަނދަރު ވިއްކާލާ، ކަނޑުގެ ސަރަހައްދުވެސް އިންޑިއާ އަށް ވިއްކާލީ އެމްޑީޕީ އިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މުއިއްޒުވެސް ވެރިކަމަށް ވަޑައިގެން ހަމަ އެބީދައިން ކަންކަން ކުރައްވަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved