March 23, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ތޭރަ އޮންލައިން

ޤައުމު މިސްރާބެއް ނެތި އޮޔާދާތަން މިފެންނަނީ: މަލީހު

Sudha Latheef
ސުދާ ލަތީފް
Jul 29, 2025, 02:20 AM
މާލެ ސިޓީ

ވެރިކަމަށް 2 އަހަރު ވެގެން ދިޔައިރުވެސް ފެނިގެންދަނީ ޤައުމު މިސްރާބެއްނެތި އޮޔާ ދާ ތަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ އިއްޔެ އެންމެ ގަދައަށް އެއްޗެހިކީ ޤައުމު ކަމަށްވާ އިންޑިއާގެ ފައި ބުޑަށް ރާއްޖެ ވެއްޓުނު މަންޒަރު ވަރަށް ލަދުވެތި ގޮތަކަށް ފެނިގެން ދިޔަ ކަމަށެވެ.

މިކަންކަން ކުރުމުގައި ރައީސް ޔާމީން ވެސް ތަކުރާރުކޮށް ވިދާޅުވި ތިމަންމަނިކުފާނާއި، ދިވެހިންނާއި އިންޑިއާއާއި އެއްވަސް ދެބަސްވުމެއް ނެތޭ. އޮތީ މިލިޓަރީ ގޮތުން މި ހިނގާ ކަންތައްތަކާއި ސަރުކާރުން ވިއްކާލި ކަނޑާއި މިކަންކަމޭ. އެހެންނަމަވެސް އަޅުގަނޑުމެން ހުރަސްނުކުރާ ލައިނަކީ މިއީއޭ ވަރަށް ސާފުކޮށް މި އޮތީ. މިއަދުވެސް ރާއްޖޭގެ އިންޑިއާ ޑޮކްޓަރުންނާއި ޓީޗަރުން މީގެ އެއްވެސް ބަޔަކަށް ބުރުލެއް ނާރާނެ. އެހެންނަމަވެސް ހުރި ގޮތް ނޭނގޭ އެގްރިމެންޓްތައް ތިލަވާން ޖެހޭނެ، ރައްޔިތުންނަށް އެނގެން ޖެހޭނެ. އަޅުގަނޑުމެންނަކީވެސް މިނިވަން ޤައުމެއް. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާ އެއްވެސް ކަމަކަށް އަޅުގަނދުމެންގެ ލޭގެ ވިންދު ޖަހާ ހިނދަކު އެަކަށް ޖާގައެއް ނުދޭނަން.

މަލީހު ވިދާޅުވި

މި ސަރުކާރު އޮތީ ވިކިފައި ކަމަށާއި މި ސަރުކާރަކަށް ވައުދުތަކެއް ނުފުއްދޭނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަލީހު ވިދާޅުވި މިހިސާބަށް ކަންތައްތައް ދިޔުމުން ޤާނޫނު އަސާސީގައި އޮޮތް ގޮތަށް ވެރިކަމުގައި ހުރި ބޭފުޅަކު ވެރިކަމުން ދުރުކުރަން ރައްޔިތުން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved