March 11, 2026
Advertisement
-
- / ރައީސް އޮފިސް

ލަންކާގެ ރައީސް ކައިރިން މުއިއްޒު ފިލާވަޅު ނަގަން ޖެހޭ: ދިވެހިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 29, 2025, 02:23 AM
މާލެ ސިޓީ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ ކައިރިން ރާއްޖޭގެ ރައީސް، ޑރ މުހައްމަދު މުއިއްޒު ފިލާވަޅު ނަގަން ޖެހޭ ކަމަށް ބުނެ ދިވެހިން މީސްމީޑިއާގައި ފާޑުކިޔައިފިއެވެ.

Advertisement

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވި އިރު ހުންނެވި ސާދާ ކަމުންނާ، ބޮޑު ޑެލިގޭޝަނެއް ނުލައި ދަތުރު ކުރެއްވުމުން އަނޫރާގެ ހިތްތިރި ކަމާއި ގައުމުގެ ހާލަތާއި މެދު ވިސްނާވަރު ހާމަވާކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ލަންކާގެ ރައީސްއަށް އެ ގައުމުގެ ހާލަތު އިނގިލައްވާ ކަމަށާއި ރައްޔިތުންގެ ތަކުލީފުތައް ލުއިކޮށްދެއްވުމަށް ކުރައްވާ މަސައްކަތް ފެނި ރައީސް މުއިއްޒުވެސް މި ބީދައިން ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ހީނަރުވެފައިވާތީ އެކަމުން އަރައިގަންނަން ޑިސަނަޔަކަގެ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ލަންކާގެ އިގުތިސާދު މިހާރު އަންނަނީ ހަމަ ނޭވާލަމުންނެވެ.

ނަމަވެސް ދިވެހި ސަރުކާރުން އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ދިވެހިންގެ ކިބައިން ޚަރަދު ކުޑަކޮށް، “ގަރުދިޔަ އާއި ބަތް” ކައިގެން ފުދިގެން ތިބުމަށް ބުނެ ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަޖާކުރަމުންނެވެ.

އެހެންކަމުން ލަންކާގެ ރައީސް ކައިރިން ވެރިކަން ކުރަންވީ ގޮތް މި ދަތުރުގައި މުއިއްޒު އަހަންޖެހޭ ކަމަށް މި ފަރާތްތަކުގެ ޕޯސްޓްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved