

އިންޑިއާ ގެ އަސްކަރިއްޔާ ދިވެހިރާއްޖޭގައި އޮތުން އެއީ ރާއްޖެއަށް ބޮޑު ނުރައްކަލެއް ކަމަށް ދިވަހިރާއްޖޭގެ ކުރިގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިިނވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސް ދިން ޅާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ މި ނުރައްކަލުގެ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
މި ރަނގަބީލު އަޅުގަނޑު ޖަހާތާ ވެއްޖެ ވަރަށް ގިނަ ދުވަސް. އަދިވެސް މި ރަނގަބީލު ޖަހަމުން އަލުގަނޑު ދާނީ. ސަބަބަކީ ޤައުމުން އަނެއް ގައުމަށް އަރައިގަންނަނީ ހަމަ ތިބެފަކާއެއް ނޫން. އިންޑިއާ އަށް އިނގިރޭސިން އައިސް އިންޑިއާ ހިސާރުކުރިީ ވިޔަފާރި ކުރާ ކުންފުންޏެއްގެ ނަމުގައައިސް. އެބުނާ ވިޔަފާރި ކުރާ ކުންފުނި އިންޑިއާއިން ބޭލުނީ 200 އަހަރު ފަހުން ހަނގުރާމަ ކޮށްގެން. އެހެންވީމަ އަޅުގަނޑުމެންގެ ޤައުމަށް އިންޑިއާ ކަހަލަ ބާރުގަދަ، ބޮޑު އަވައްޓަރި އަދި އަހުވަންތަ ޤައުމެއް އެކިއެކި ނަންފިލާގަނޑު ބޭނުންކޮށްގެން އަޅުގަނޑުމެންގެ ތެރެއަށް އެމީހުންގެ ސިފައިންނާއި، މިލިޓރީ އުޅަނދުތައް ވެއްދީމަ އެއީ އަލުގަނދުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މީގެ "ކޮންސިކުއެންސެސް" ވަރަށް ގިނަވާނެ
އުމަރު އިތުރަށް ވިދާޅުވީ އިންޑިއާގެ މިލިޓަރީ އަނބުރާ ފޮނުވާލުމަށްޓަކައި މަސައްކަތް ކުރެއްވި އެއްވެސް ވެރިއަކަށް އެކަން ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެއަވެސް ސަރުކާރަކަށް އިންޑިއާގެ އަސްކަރިއްޔާ ނުބޭލުނުކަން އުމަރު ވަނީ ފާހަގަކޮށްފައެވެ.
އުމަރު ވިދާޅުވީ އަލުގަނޑުމެންގެ ކުރިމަތީގައި އޮތް ނުރައްކަލަށް އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށެވެ.