April 26, 2026
Advertisement
ޑރ ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

"ގުޑް ގަވަނެންސް" ނެތުމުގެ އެންމެ ބޮޑު އަލާމާތަކީ ކޮރަޕްޝަން: ޑރ ޖަމީލް

Sudha Latheef
ސުދާ ލަތީފް
Jul 30, 2025, 01:02 AM
މާލެ ސިޓީ

މިހާރުގެ ސަރުކާރުގައި ގުޑް ގަވަނެންސް ނެތުމުގެ އެންމެ ބޮޑު އަލާމާތަކީ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޑް ވަނަނެންސް ހިންގާ ތަނެއްގައި ކަންތައްތައް ކުރާނީ ދެފުއް ފެންނަ ނިޒާމަކުން ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ ހާމަކަން ބޮޑު ސަރުކާރެއް ހިންގާނަމޭ ވައުދުވެ ރައީސް ޑރ މުހައްމަދުގެ ސަރުކާރުން ގެންދަނި ހުރިހާކަމެއް ސިއްރުކޮށް މައުލޫމާތު ނުދީ ހިފަހައްޓަމުން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، އެ ސިއްރުތަކުގެ ތެރެއިން ސަރުކާރުން ބޮޑެތި ގޯސްތައް ހަދާ ކަމަށެވެ.

މިހާރު މި ދަންނަވަނީ މިސާލަކަށް ބުނާކަމަށްވަންޏާ އެއާޕޯޓުން ބަޔަކަށް މަސައްކަތެއް ހަވާލުކުރަންނާވެސް ސިއްރުން، މިސާލަކަށް ކުންފުންޏަކުން ކުރާ ޚަރަދު ސިއްރުން، ރައިސް އޮފީހުގެ ކަންތައްތައް ސިއްރުން، ވަރަށް އަސާސީ ކަންތައްތައްވެސް އެދަނީ ސިއްރުވެގެން. ސިއްރުގެ ލިސްޓު ބަލައިފިއްޔާ ގާތްގަނޑަކަށް މި ސަރުކާރުގެ މިހާރު ދެހާސް، ޔިންހާހަކަށްވަރު ކަންތައްތައް ސިއްރުކޮށްފި ވަރަށް އަސާސީ ކަންތައްތައް. ކިހިނެއްހޭ ރައްޔިތުންނަށް އިނގެނީ ސަރުކާރުން ކަންތައްތައް ކުރަނީ ރަނގަޅަށް ކަމެއް.

ޑރ ޖަމީލް ވިދާޅުވި

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ގުޑް ގަވަނެންސް އޮންނަ ތަނެއްގައި ކޮރަޕްޝަން ނޯންނާނެ ކަމަށެވެ.

މިއީ ދުނިޔޭގެ ހުރިހާ ނިޒާމެއްގެ އެންމެ ބޭސިކްކޮށް ބަލާ އެއް މިންގަނޑު ކަމަށްވެސް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

ޑރ ޖަމީލް ވިދާޅުވީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަމާއި ހަމަހަމަކަމާއެކު އެ ޤައުމެއްގެ ރިސޯސްތައް ބެހިގެން ދިޔުމަކީ ގުޑް ގަވަނެންސް ގެ ތެރޭގައި އޮންނަ މަސްލަހަތެއް ކަމަށެވެ.

ގުޑް ގަވަނެންސްގެ މައްސަލަ އޮތީ މިހާރުގެ ސަރުކާރުގައި އެކަނި ނޫން ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved