April 17, 2026
Advertisement
-
- / ސިވިލް ސާވިރސް ކޮމިޝަން

ޑިއުޓީން ބޭރުގައި އޯވާޓައިމް ހޯދުމަށް މަސައްކަތް ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 30, 2025, 01:41 AM
މާލެ ސިޓީ

ޑިއުޓީ ގަޑިން ބޭރުގައި އޯވަރޓައިމް ހޯދުމަށް މަސައްކަތް ނުކުރުމަށާއި، ރަސްމީ ގަޑީގައި ލިބޭ ފައިސާކޮޅުން ފުދިގެން އުޅުމަށް ދޭހަވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ގޮވާލާފިއެވެ.

Advertisement

ނާސިހް މިފަދައިން ބުނެފައިވަނީ ލޯކަލް ގަވަމެންޓު މިނިސްޓްރީން މިއަދު ބޭއްވި "އަހަރު މެދު މުރާޖައާ" ބައްދަލުވުމުގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

މިގޮތުން، އޭނާ ވިދާޅުވީ މުއިއްޒު ވައުދުވެފައިވާ ގޮތަށް ސިވިލް ސާވެންޓުންނާއި ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒު މިފަދައިން ވައުދުވެފައިވީ ނަމަވެސް “މަޝްވަރާ” ގެ އިތުރުން އިތުރު ފިޔަވަޅެއް ސަރުކާރުން އަޅާތަނެއް ނުފެނެއެވެ.

ދޮޅު މަސް ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ 70% ނިންމުނު ސަރުކާރަކަށް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ އޮނިގަނޑެއް 06 މަސް ވެގެން ދިޔަ އިރުވެސް ތައްޔާރު ނުކުރެވުމަކީ ގަބޫލުނުކުރެވޭ ކަމެކެވެ.

ވެރިކަމާއި ހަވާލުވެ ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރި އިރު ދެ މުއައްސަސާގައި މަސައްކަތް ކުރާ ސިވިލް މުވައްޒަފުން ވަނީ މި ލިސްޓްއިން އުނިކޮށްފައެވެ. އަދި މުސާރަ ބޮޑު ކުރާނެ ކަމަށް ބުނެ ތާރީޚަކަށް ފަހު ތާރީޚެއް އަންނަނީ އިއުލާން ކުރަމުންނެވެ.

އޯވަރ ޓައިމްގައި މަސައްކަތް ކޮށްގެން ލިބޭ މުސަރައިން ގިނަ މީހުންނަށް ކިރިޔާ ދެކޮޅު ޖެއްސޭއިރު، މިފަދައިން ސީއެސްސީގެ ރައީސް ގޮވާލުމަކީ މުވައްޒަފުންގެ ހާލާއި މެދު އެއްވެސް ވަރަކަށް ސަރުކާރުން ނުވިސްނާ ކަން ހާމަވެގެން ދާކަމެވެ.

ސަރުކާރުގެ ވެރިން ބޭނުން އެއްޗެއް ކައިގެން އުޅުނަސް ރައްޔިތުން މިޖެހެނީ ގަރުދިޔަ އާއި ބަތް ކައިގެން، އިތުރު ގަޑީގައި ލިބޭ ލާރިކޮޅުވެސް ސަރުކާރަށް ދޭށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved