theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ
ހަބަރު
ކަނޑު މަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރު ނޫނީ ނުކުރަން އިލްތިމާސްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖުލައި 2025
މާލެ ސިޓީ

ކަނޑު މަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް މެނުވީ ނުކުރަން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ކުރިއަށް އޮތް ދެ ދުވަހު ކަނޑު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށް އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސް ކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށާ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށައި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުޅަނގާއި އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށިގެން ވާކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން އުތުރާއި މެދުރާއްޖެ ތެރެއަށް ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު ހުރިއިރު، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާއި ދެމެދު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved