theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ގައުމަށް ފައިދާއަށްވުރެ މުއިއްޒު ގެންނަނީ ގެއްލުން: މަލީހް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
30 ޖުލައި 2025
މާލެ ސިޓީ

ގައުމަށް ފައިދާހުރި ކަންކަމަށް ވުރެ މުއިއްޒު ގެނެސްދެނީ ގެއްލުން ކަމަށް ޕީއެންއެފްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މުއިއްޒު އަކީ ވެރިކަމުން އިސްތިއުފާ ދޭން ޖެހިފައި ހުރި މީހެއް ކަމަށާއި ގައުމު ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށެވެ.

މިގޮތުން، މުއިއްޒު އަންނަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ފުނޑުފުނޑުކޮށްލާ، ޝަރުއީ ދާއިރާއަތް އަތް ބާނާ، އިގްތިސާދީ ގޮތުން ގައުމު އިތުރަށް ހީނަރުކުރަމުންކަން މަލީހް ފާހަގަކުރެއްވިއެވެ.

މަލީހް ކުރެއްވި ޕޯސްޓް

މީގެ އިތުރުން، މި ސަރުކާރުން ވައުދުވަނީ ފުއްދުމަށް ކަމަށް ބުނި ބުނުމަށްވެސް މަލީހް ވަނީ ފާޑުވިދާޅުވެފައެވެ.

މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގައި އެއް ވައުދުތަކެއް އަންނަނީ ތަކުރާރު ކުރަމުންނެވެ. ވައުދު ފުއްދުމުގެ ނަމުގައި ރައްޔިތުން ހާލުގައި ޖައްސާ، ތަކުލީފުތައް އަންނަނީ ގިނަ ކުރަމުންނެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ވެރިކަމަށް ހޮވޭ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވީ ވައުދުވެސް ވީ ބޮޑު ދޮގަކަށެވެ.

އެހެންކަމުން މުއިއްޒު ފަދަ މީހަކަށް މިހާރު މި ގައުމުން ބުނާނީ “ނޯ” ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved