theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް މިދިިޔަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ, 4 ކުންފުންޏެއް 2022 އިން ފެށިގެން އޮޑިޓު ފުރިހަމަނުކޮށް!
Yana Shareef
ޔާނާ ޝަރީފް
16 ޑިސެމްބަރު 2025

ދައުލަތުގެ 13 ކުންފުންޏެއް އަދިވެސް 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރާކަން ހާމަވެއްޖެ އެވެ.

މި ކުންފުނިތަކުގެ ތެރޭގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާކަމުގެ ތުހުމަތު އޮތް ކުންފުނިތައްވެސް ހިމެނެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ބަރާބަރަށް އޮޑިޓެއް ނުކުރާކަން ފާހަގަވެ އެވެ. އެގޮތުން ބައެއް ކުންފުނިތައް އޮޑިޓް ނުކުރާތާ 3 އަހަރު ވެފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ.

އެގޮތުން އާރްޑީސީ، ވެމްކޯ، ޕީއެސްއެމް އަދި ބީސީސީ އަކީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުންފުނިތަކެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން 2023 އަދި 2024 ގެ އޮޑިޓު ނިންމާފައެއް ނުވެ އެވެ.

2024 ވަނަ އަހަރުގެ އޮޑިޓު ފުރިހަމަ ނުކުރާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްޕީއެލް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް، ސްޓެލްކޯ، ޕީއެސްއެމް، އާރްޑީސީ، އެމްއެފްއެމްސީ، ވެމްކޯ، ބީސީސީ، ފަހި ދިރިއުޅުން ކޯޕަރޭޝަން، ޓްރޭޑްނެޓް، ފެނަކަ އަދި ހައްޖު ކޯޕަރޭޝަން ހިމެނެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުން ދައްކާގޮތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދާކަން ފާހަގަކުރެވެ އެވެ. މާލީ ހާލަތު ދަށަށް ދާއިރު، އޮޑިޓް ފުރިހަމަ ނުކުރުމަކީ ކުންފުނިތަކު ގެ ހިންގުމުގައި ހުރި ބޮޑު މައްސަލައެކެވެ.

މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު ގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއެކު ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، މާލީ ބުރަ އަންނަނީ އިތުރުވަމުންނެވެ. ދައުލަތުގެ ގިނަ ކުންފުނިތަކުގައި މިވަގުތު ތިބީ ސިޔާސީ މުވައްޒަފުން ގިނަކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved