February 23, 2026
Advertisement
މިނިސްޓަރ މޫސާ ޒަމީރު ރައީސް މުއިއްޒު އަރިހުގައި
މިނިސްޓަރ މޫސާ ޒަމީރު ރައީސް މުއިއްޒު އަރިހުގައި / ސޯޝަލް މީޑިއާ

ބަޖެޓަށް ވުރެ އިތުރަށް ކުންފުނިތަކަށް ޚަރަދުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 25, 2025, 12:37 AM
މާލެ ސިޓީ

ބަޖެޓަށްދޭ ފައިސާގެ ގޮތުގައި ދޭން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ސަރުކާރު ކުންފުނިތަކަށް ޚަރަދުކޮށްފިއެވެ.

Advertisement

ފިނޭންސުން އާންމުކުރި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ދޭން ކަނޑައަޅާފައިާ އަދަދަށް ވުރެ އިތުރަށް 1.15 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އެއީ، ބަޖެޓު ކުރި އަދަދުގެ އިތުރަށް 1.15 ބިލިއަން ރުފިޔާއެވެ. ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ދޭން ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި މިހާތަނަށް ލިބުނީ 649 މިލިއަން ރުފިޔާއެވެ. އެއީ، 78 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެންވެ، ކުންފުނިތަކުން ލިބުނު އާމްދަނީ ވެސް ދަށްވެ، ކުރަންޖެހޭ ހޭދަ ވެސް ވަނީ ބޮޑުވެފައެވެ.

ކުންފުނިތަކުގެ އާމްދަނީ ދަށްވެފައިވާ ކަން ހާމަވެފައިވާއިރު، އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކުން މީހުންނަށް "ވަޒީފާ ބަހާކަމުގެ" ތުހުމަތުވާއިރުތައް އަމާޒުވަމުން ދެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 34،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved