

ރާއްޖޭގެ މިިނިވަންކަމަށް މިހާރު ބުރޫ އަރައިގެން މިއުޅެނީ ތާރީޚު އިޔާދަވާތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ގައުމުގެ މިނިވަންކަން އޮތް ހިސާބާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވި، ރާއްޖެއަކީ އަބަދުވެސް ޚާންދާނީ ވެރިކަމެއްގެ ތެރެއިން ކޯލުންތަކެއް އުފެދި ބޭރުގެ އެކި މީސް މީހުންގެ އަތްދަށަށް ދިޔަ ގައުމެއް ކަމަށާ ނަމަވެސް މުހައްމަދު ތަކުރުފާނުގެ ޒަމާނުގައި ރާއްޖެއަކީ ފުދުއްތެރި ގައުމެއް ކަމަށެވެ.
ނަމަވެސް ޒަމާނާ އެކު އައި ބަދަލުތަކާ އެކު ވޯރާއިންގެ ނުފޫޒު ރާއްޖެއަށް އައިސް ރާއްޖޭގައި ވިއްކާ ރާއްޖޭގެ އުފެއްދުންތެރި ބާވަތްތަކުގެ އަގުވެސް ވޯރާއިން ކަނޑައަޅާ ހިސާބަށް ގޮސް ވޯރާއިން ވެރިންނަށްނަށް ޖާފަތް ފޮނުވުން ފަދަ ކަންކަން އިތުރުވެގެން ދިޔަކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން ގައުމުގެ އިގްތިސޯދީ މިނިވަން ގެއްލި ސިޠާސީ މިނިވަންކަމަށް ބުރޫ އަރަމުން ދިޔަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް އެކަންކަން ނިމުމަކަށް ގެންނަވާ ރައީސް އިބްރާހިމު ނާސިރު ވޯރާއިން އަތުން ގައުމު ސަލާމަތްކުރެއްވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު ގައުމުގެ މިނިވަންކަންކަމަށް އަނެއްކާވެސް ބުރޫ އަރައިގެން އުޅެނީ ވެރިން އިގްތިޯދީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާވާޗުން އިތުރުވެ ގައުމުގެ ސިޔާސީ މިނިވަންކަން އަޅުވެތިވުމުން ކަމަށެވެ.
މިއަދު އަޅުގަޑުމެންގެ މިނިވަންކަމަށް ދިމާވެގެން މިއުޅެނީ ޔެސްޓަރ އިޔާރސްގައި ވެސް ދިމާވިކަންކަން ރިޕޯީޓުވާތީ. ނާސިރުއަކީ މި ގައުމުގެ ތާރީޚު ބަދަލުކޮށްލަވާ ވޯރާއިންގެ މައްޗަށް ގަދަވެ ސިޔާސީ މިނިވަންކަން ވެސް ގެނެެސްދެއްވި ބޭފުޅަކީ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ހާރިޖީ ސިޔާސަތު ބައްޓަންވެގެންދާންވާނީ އިހްތިރާމާއި، ގަދަރާއި މިނިވަންކަމާއިއެކު ކަމަށާ އެ ނޫން ގޮތަކަށް ޙާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަމަ ކޮންމެވެސް އެއްބަޔަކު ނާޖާއިޒް ފައިދާ ނަގާނެކަމަށެވެ.