April 17, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

މުއިއްޒު ވެރިކަމުން ބާލާ އާގު ބޯޓެއްގެ ފަޅުވެރިއަކަށް އެރުވިއްޔާ މާ ރަނގަޅުވާނެ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 31, 2025, 05:03 PM
މާލެ ސިޓީ

މުއިއްޒު ވެރިކަމުން ބާލާ އާގު ބޯޓެއްގެ ފަޅުވެރިއަކަށް އެރުވިއްޔާ މާ ރަނގަޅުވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންންވާފައިވާ ކަމަށް ރައީސް އޮފީހުން އިއުލާންކުރުމާއި ގުޅިގެންނެވެ.

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އާގު ބޯޓެއްގެ ފަޅުވެރިއަކަށް މުއިއްޒު ދިޔުމުން ޓެކްސް ޕޭޔަރުން ބޭކާރު ޚަރަދު މުއިއްޒު އަށް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މިއީ އިސްލާހް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ބުނެ މަލީހް ވަނީ މުއިއްޒަށް ފާޑުވިދާޅުވެފައެވެ.

މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ. މި ދަތުރުގައި ފަސްޓް ލޭޑީ ސާޖިދާވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ދަތުރާއި ގުޅިގެން ސާޖިދާއަށް ބޮޑެތި ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

މުއިއްޒު ވެރިކަމާއި ހަވާލުވިތާ ދެއަހަރު ވާން ކައިރިވެފައިވާ އިރު، ރަސްމީ އަދި ނުރަސްމީ ދަތުރުފުޅުގެ ނަމުގައި އަންނަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާކަން ފާހަގަވެފައެވެ. އަދި މިއިން ކޮންމެ ދަތުރެއްގައިވެސް ސަރުކާރުގެ އިސް ވަފުދެއް ގެންދަވާއިރު، މި ދަތުރުތަކުގައި ގައުމަށް ފައިދާހުރި އެއްވެސް މަޝްރޫއުއެއް މިހާތަނަށް ސެކިއުރ ކުރެވިފައި ނުވެއެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބާރުބޮޑުކޮށް، އަމިއްލަ ހިތްހަމަޖެހުމަށް މުއިއްޒު ކުރައްވާ ދަތުރުތައް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved