theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިސްތިއުފާދިނުމާ އައްޔަންކުރުން، މި 5 އަހަރު ތެރޭގައި ފެންނަ އާންމު ކުޅިވަރެއްތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
އިސްތިއުފާދިނުމާ އައްޔަންކުރުން، މި 5 އަހަރު ތެރޭގައި ފެންނަ އާންމު ކުޅިވަރެއްތަ؟
31 ޖުލައި 2025
މާލެ ސިޓީ

ރައީސްގެ ބަހާ އަމަލާ ދިމާނުވާތީ ޑެޕިއުޓީ މިނިސްޓަރަކު އިސްތިއުފާދީފި, ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު ސަރުކާރުގެ ސިޔާސީ ވަޒީފާއިން އިސްތިއުފާ ދެއްވައިފި, ބޭންކް އޮޕަރޭޝަނަށް ނާންނަނީސް ޑިވެލޮޕމަންޓު ބޭންކު އެމްޑީ އިސްތިއުފާދީފި، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި، ސަރުކާރުން ފައިސާ ޗާޕު ކުރާތީ އެކަމާއި ދެކޮޅު ހައްދަވާ އެމްއެމްއޭގެ ބޯޑުން ށުހާދު އިސްތިއުފާ ދީފި، ސަސްޕެންޝަންގައި ހުންނެވި ފަޒުލް އިސްތިއުފާ ދެއްވައިފި، އެފްއެސްއެމްގެ އެމްޑީ ސަރުކާރުން އިސްތިއުފާ ދީފި، މާލީ ހާލަތު ރަގަޅު ނުކުރެވި ފެއިލްވުމުން މިނިސްޓަރު ކަމުން ޑރ. ޝަފީގު އިސްތިއުފާ ދީފި، ބީއެމްއެލްގެ ބޯޑު މެންބަރު ސަޖުނީ އިސްތިއުފާ ދެއްވައިފި، ފާޑުކިޔުންތައް އަމާޒުވާތާ އެތައް ދުވަހެއް ފަހުން ޝިއުނާއާ މަލްޝާ އިސްތިއުފާ ދީފި، ބަޣާވާތް ކުރިކަމަށް ސަރުކާރުން ބުނި ބޭންކުގެ ސީއީއޯ މަގާމުން އިސްތިއުފާ ދީފި، ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި، ޕަބްލިކ ސާބިސް މީޑީޔާ (ޕީއެސްއެމް)ގެ އެމްޑީކަމުން ޒީނާ ޒާހިރު އިސްތިއުފާ ދީފި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ ޗެއާރޕަރސަންގެ މަގާމުގައި ހުންނެވި ނޫރުއައިން ޖަނާހު އެ މަގާމުން އިސްތިއުފާ ދީފި، ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމުން އިސްތިއުފާ ދެއްވައިފި، އެސްޓިއޯގެ އެމްޑީ އެއްފަހަރު އިސްތިއުފާ ދެއްވާ އަނެއްކާވެސް މަގާމުގައި ހުރި ކަމަށް ބުނެފި، އަލީ ޒުހައިރު އާރުޑީސީގެ އެމްޑީ ކަމުގެ މަޤާމުން ވަކިކޮށް އެޗްޑީސީގެ އެމްޑީކަމުގެ މަޤާމަށް އައްޔަނުކޮށްފި، ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދީފި، ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އިން ތިން މެންބަރަކު އިސްތިއުފާ ދީފި، ކަސްޓަމްސްގެ ކޮމިޝަނަރ ކަމުން ވަކިކޮށް ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރި ޔޫސުފް މާނިއު މަޤާމުން އިސްތިއުފާ ދެއްވައިފި، އާރުއޭސީއެލްގެ އެމްޑީކަމުން މުބީން އިސްތިއުފާ ދެއްވައިފި، ޕީއެސްއެމްގެ އެމްޑީ ސައީދު އިސްތިއުފާ ދެއްވައިފި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވައިފި، އިސްތިއުފާގެ ސީޒަން ނިމުމުގެ ކުރިން އަލީ ސީޒަން ވެސް އިސްތިއުފާ ދީފި، ވަކިކުރަން ނިންމާފައިވަނިކޮށް އަބްދުއްސަލާމާއި ޠާހާ އިސްތިއުފާ ދީފި، ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ ވެސް އިސްތިއުފާ ދެއްވައިފި، އެޗްޑީސީގެ އެމްޑީ މައުރޫފް އިސްތިއުފާ ދެއްވައިފި، އެޗްޑީސީގެ ޑީއެމްޑީ އިސްތިއުފާ ދެއްވައިފި، ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި، މިއީ މި ފާއިތުވާ ދެ އަހަރު ތެރޭގައި އިވުނު އިސްތިއުފާގެ ކުޑަ މިންވަރެކެވެ.

މިހެން މިކަން އޮތްއިރު މިއިން ބައެއް ބޭފުޅުން އަނެއްކާވެސް ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންވެސް ކުރައްވާފައެވެ. މީގެ ތެރޭގައި ގިނއީ ކޮރަަޕްޝަންގެ ތުހުމަތު ކުރެވިގެން ވަކިކުރި ނޫނީ އިސްތިއުފާ ދޭން އެންގި މީހުންނެވެ.

ކުއްލި ކުއްލިއަށް މަޤާމުތަކުން އިސްތިއުފާ ދިނުމަކީ އާންމުކަމެއް ނޫނެވެ. އެހެން ނަމަވެސް މި ވެރިކަމުގައި ފެނިގެން ދަނީ ރާއްޖެއަށް އިސްތިއުފާގެ ސީޒަނެއް އައިސްގެން އުޅޭ މަންޒަރެވެ.

މި ނޫނަސް ދައުލަތުގެ އެކި މަގާމުތަކުން އޮއްވަޅު ގޮނޑި ހިލާހެން މީހުން ހިލާ މަންޒަރުވެސް ފެނިގެންދެއެވެ. ވަޒީރުންނާ ސްޓޭޓުންނާ ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ޕޮލިޓަލް ޑިރެކްޓަރުންވެސް އެކި އެކި މިނިސްޓްރީތަކަށް ބަދަލުކޮށް އަޮއްވަޅު ގޮނޑި ހިލާ މަންޒަރު ފެނެއެވެ.

މިވަރުން ދަންޏާ ގައުމު ހިންގާނެ ވަގުތެއް ރައީސް ޑރ މުހައްމަދު މުއިއްޒަށް ވާނެ ބާއޭ ހިތަށް އަރައެވެ. އެމަނިިކުފާނު މަގާމުތަކުން މީހުން ހިލާ ނިންމާ ކިރިޔާ ވަގުތެއްވާއިރަށް ދެން ފެންނަނީ ގައުމުން ފުރާ ވަޑައިގަންނަވާ މަންޒަރެވެ.

މއީ ވެރިކަން ކުރަން ނޭނގި ގުޑް ގަވަނެންސް ގައުމުގައި ނެތްކަމުގެ ހެއްކެކެވެ. މީގެ އިތުރުން މުޅި ދއުލަތުގެ ތެރޭގައި އޮތީ ކޮރަޕްޝަންއެވެ. ހަކުޅި ކުރިއަށް ކުޅެން އައިސް މި ފެންނަނީ ބޮލި ހިލާހެން މަގާމުތައް ހިލާ މަންޒަރެވެ.

އިސްތިއުފާ ދިނުމާ އައްޔަންކުރުން، މި 5 އަހަރު ތެރޭގައި ފެންނަ އާންމު ކުޅިވަރެއްގެ ގޮތުގައި ފެނިގެންދާއިރު މިކަމުން ތިޔަ ބޭފުޅުންނަށް ދޭހަވަނީ ކޮންކަމެއް ތޯއެވެ؟ އަޅުގަޑަށް ސިފަ ވަނީ މިއީ ވެރިމީހާ ފެއިލްވުމުގެ ނަތީޖާގެ ގޮތުގައެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއޭ ބުނާ އުސޫލުން ޕީއެޗްޑީއެއް އޮތަސް އަދި ގައުމެއް ނުހިންގާނެކަން މިއަދު މިއޮތް ސަރުކާރުގެ ތެރެއިން ހާމަވެ ނިމިއްޖެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?