April 24, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މިނިވަންކަމަށް އޮތް ގޮންޖެހުމަކީ ވެރިކަމަށް އަންނަ ބޭފުޅުންގެ ބަހާއި އަމަލު ދިމާނުވުން : މަލީހު

Sudha Latheef
ސުދާ ލަތީފް
Jul 31, 2025, 09:38 PM
މާލެ ސިޓީ

ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމުގެ ވެރިކަމަށް އަންނަ ބޭފުޅުންގެ ބަހާއި، އަމަލު ދިމާ ނުވުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ ޤައުމުގެ ކަންކަން އޮންނަ ގަވާއިދުތަކާއި ހިލާފަށް ނުވަތަ ޤާނޫނުތަކާއި ޚިލާފަށް އަމަލު ކުރުން އެއީ މިނިވަންކަން ގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. ޗާގޯސް ކަނޑު ގެއްލިގެން ދިޔައީ ވެސް އަދި ގޮތް ނޭނގޭ އެގްރިމެންޓްތަކުގައި ސޮއި ކުރެވެމުން ދިޔައީވެެސް އޮންނަ އުސޫލާއި ޙިލާފަށް ކަންތައް ކުރުމުން ކަމަށް މަލީހު ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގެ ޖީބަށް ޤައުމުގެ ވެރިން،އެހެން އެއްވެސް ބައެއްގެ އެއް ނޫން. ރައީސުލްޖުމްހޫރިއްޔަކަށް ހުންނަވާ ބޭފުޅާ ގޯސް ހެއްދެވީމަ ތާރީޚުގަ ވެސް ކަންތކަން ދިޔައީ މިހެން. ޤައުމަށް ގައްދާރުވި ޤައުމުގެ މިނިވަންކަން ގެއްލިފައިވަނީ ބޭރުގެ މީހުން ކުރިކަމަކަށްވުރެ އެތެރޭގެ ހާއިނުންތަކުގެ ސަބަބުން. ބޭރުގެ ފަރާތްތަކާއި ގުޅިގެން އެމީހުންގެ އަމިއްލަ އެޖެންޑާއިން އަމިއްލަ މަސްލަހަތްތަކެއް ކުރިއަށް ނެރުވުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއަކުން މިނިވަންކަން ގެއްލިފައި އޮތް ހުރިހާ ފަހަރަކު މިނިވަންކަން ގެއްލިފަ އޮތީ. މިނިވަންކަން ދެމެހެއްޓިފައި އޮތީ ޤައުމުގެ އެންމެ އިސް ފަޅިގައި ހުންނަވާ ވެރި މިހާ ކުރި ހަރުދަނާ ސިޔާސީ ގެ ސަބަބުން

މަލީހު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ ވަރަށް މުސްކުޅި،ބޯދާ ވަރަށް ޒަމާންވީ ހަޟާރަތެއް އޮންނަ ވަރުގަދަ ޤައުމެއް ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ރައްޔިތުން މިއަދު އަޑު އުފުލަންވީ ނުހައްޤުން މީހުންނަށް އަދަބު ނުދޭން ކަމަށާއި ނުހައްގު ޝަރީއަތްތައް ކޮށްގެން ރިޔާސީ ރޭހުން މީހުން ބޭު ނުކުރުމަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved