theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިމިގްރޭޝަން އޮޕަރޭޝަންގެ ތެރެއިން / އިމިގްރޭޝަން
ހަބަރު
އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލަ ސާބިތެއް ނުވި
Sudha Latheef
ސުދާ ލަތީފް
31 ޖުލައި 2025
މާލެ ސިޓީ

އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއަޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުމްކޮށްފި އެވެ.

އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. މި ހާދިސާ ހިނގީ މީގެ ހަ އަހަރު ކުރިން ޖެނުއަރީ 10، 2019، ގަ އެވެ. ތަހުގީގުގައި ޖަޔަލަތު ޕެރޭރާ އިއުތިރާފްވި ނަމަވެސް އޭނާ ވަނީ ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށް، ކައްކާ މަރާލުމަށް ގަސްތުގައި އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.

އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކުށުގު އުންސުރުތައް ހަމަނުވުމުންނެވެ. އެއީ މެރުމުގެ ގަސްދު އޮވެގެން ކައްކާ މަރާލުމުގެ އަމަލު ހިންގި ކަމަށް ސާބިތު ކުރެވޭނެ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅިފައި ނުވާތީ އެވެ.

މި މައްސަލައިގައި އެ މަންޒަރު ލޮލަަށް ފެނުނު ހެކީން ޝަރީއަތަށް ހާޒިރުކޮށް ހެކި ބަސް ނެގިފައެއް ނުވެ އެވެ.

ދައުލަތުން ކޯޓަށް ހުށަހެޅީ ޖަޔަލަތު ޕެރޭރާ ފުލުހުންގެ ތަހުގީގަށް ދީފައިވާ އިއުތިރާފް ބަޔާނާއި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މުއްދަތު މަޖިލީހަށް އޭނާ ދިން ބަޔާނެވެ.

އޭގެ ތެރެއިން މަހިބަދޫ ކޯޓަށް އޭނާ ދިން އިއުތިރާފް ބަޔާނަކީ އިޖުރާއަތާ އެއްގޮތަށް ނަގާފައިވާ ބަޔާނެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭނާ ތަމްސީލުކުރަން ވަކީލެއް ވެސް ބައިވެރިނުވާ ކަމަށާއި އެ މަޖިލީހުގައި އޭނާ ދެއްކި ވާހަކަ ތަރުޖަމާކޮށްފައި ވަނީ ފުރިހަމައަށް ނޫން ކަމަށްވާތީ އެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ޖަޔަލަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ، ހާދިސާ ހިނގި ރޭ 21:30 ހާއިރު، މަރުވި ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.

ޕަތުމް ދިލްޝަން މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމަށް ފަރުވާދެމުން ގެންދަނިކޮށް ހަމަ އެ ރޭ އެއްލައިދޫ ރިސޯޓުގެ ކުލިނިކުގެ ތެރޭގައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?