March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައްޔިތުންނަށް އުނދަގޫ ވަނީ ކޮރަޕްޝަންގައި ފައިސާ ނުހޯދައިދޭތީ: ރައިސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Aug 1, 2025, 03:29 AM
މާލެ ސިޓީ

ރައްޔިތުންނަށް އުނދަގޫ ވަނީ ހަމައެކަނި ކޮރަޕްޝަންގައި ފައިސާ ހޯދަން ޖެހޭ މައްސަލައިގައި ފައިސާ ނުހޯދައިދޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައސް ޔާމީން ވިދާޅުވީ ރައްޔިތުންވެސް މީހުންނަށް އަދަބުތައް ދޭން ބޭނުންނުވާކަމަށެވެ. މި ސަރުކާރުގައި އޮތް ކޮރަޕްޝަނަކީ ވަރަށް ގަދީމީ ބައްޔެއް ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވޭނީ ސަރުކާރުގެ ވެރިން ވަރަށް ކެރިގެން އެކަމާ ކުރިމަތިލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވާލަން މިއުޅެނީ މި ކޮރަޕްޝަަނަކީ ވަރަށް ގަދީމީ ބައްޔެކޭ. މިކަމަށް އެޓެންޑް ކުރަން ސަރުކާރުތަކައް ކެރެންޏާ ނޫނީ މިކަމެއް ނުވާނެ. އެއާއެކީ ގެއްލިފަހުރި ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެ. ކުރާކަށް ބޭނުމެއް ނޫން. އަދި އަމުދުން މި ސަރުކާރަކަށް މިކަމެއް ނުކުރެއްވޭނެ. އެއީ މި ސަރުކާރުގަ ކޮރަޕްޝަން ނެތް ދިމާލެއް ކޮރަޕްޝަން ނުހިނގާ ދުވަހެއް، ކޮރަޕްޝަން ނުހިންގާ ލީޑަރެއް ނެތް. މިމީހުންނަކަށް ނުވާނެ މި ކަމެއް.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ އޭގެ ޒާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލައަށް މައްސަލަތައް ބަލާ، ތުހުމަތުކުރެވުނަސް މައްސަލަ ބަލާ އަދި އަމިއްލައަށް ދައުވާކޮށް ދައުވާ ލިބުމުގެ ބާރު ޤާނޫނުން ދީފައިވާ ބައެއް ކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ މައްސަލައަކީ ޕޮލިހަށްވެސް އިސްނަގައިގެން އޭސީސީގެ ރުހުމާއެކު ޕޮލިހަށް ވެސް ހައްލުކުރެވޭނެ މައްސަލަތަކެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved