March 17, 2026
Advertisement
ހިނގާލުމުގެ ތެރެއިން
ހިނގާލުމުގެ ތެރެއިން / ސޯޝަލް މީޑިއާ

“ޣައްޒާ ބަނޑަށް މަރުވަނީ” ގެ ނަމުގައި ހިނގާލުމެއް ބާއްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 2, 2025, 01:16 AM
މާލެ ސިޓީ

“ޣައްޒާ ބަނޑަށް މަރުވަނީ” ގެ ނަމުގައި ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.

Advertisement

އިސްރާ އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް މުސިލިމާ އެސޯސިއޭޝަން އަދި އައިއޭސީ އިން އިސްނަގައިގެން އަންހެން ކަނބަލުންގެ ހިމޭން އިހުތިޖާޖެއް ގޮތަށް މި ހިނގާލުން ބާއްވާފައިވަނީ ރަސްފަންނު ސަރަހައްދުގައެވެ.

މިއަދު ހަވީރު 4:15 ގައި ފެށިގެން ދިޔަ ހިނގާލުމުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ.

ރަސްފަންނު ސަރަހައްދުން މި އިހުތިޖާޖު ފަށައިގެން ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދަށެވެ.

ސަހްޔޫނީން ޣައްޒާއަށް ހަމަލާދީ ޣައްޒާ ވަށާލައި ބަނޑުހައިހޫނުކަމުގައި އަންނަނީ އެމީހުން ޝަހީދުކުރަމުންނެވެ.

އަދި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރިކޮށްދޭ ޖަމާއަތްތަކަށްވެސް އަމާޒުކޮށް ސަހްޔޫނީން އަންނަނީ ހަމަލާތައް ދެމުންނެވެ.

މިއަދުގެ ހިނގާލުން ރާވާފައިވާ ޖަމިއްޔާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހުއްޓުމެއްނެތި ވަކާލާތުކުރަމުން އަންނަ ޖަމިއްޔާތައްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved