theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދުންފަތުގެ ސަބަބުން ގެއްލުން ލިބޭކަމަށް ދައްކުވައިދޭ މަންޒަރު ޖެހި އިންޒާރު / ސޯޝަލް މީޑިއާ
ހަބަރު
އަންނަ އަހަރުން ފެށިގެން ދުންފަތުގެ ބާވަތްތައްވެސް އެތެރެ ކުރެވޭނީ ޕެކޭޖުގެ ބޭރަށް އިންޒާރު ޗާޕުކޮޮށްގެން ކަމަށް އެޗްޕީއޭ އިން ބުނެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
02 އޯގަސްޓު 2025
މާލެ ސިޓީ

އަންނަ އަހަރުން ފެށިގެން ދުންފަތުގެ ބާވަތްތައްވެސް އެތެރެ ކުރެވޭނީ ޕެކޭޖުގެ ބޭރަށް އިންޒާރު ޗާޕުކޮޮށްގެން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނޫ“ އަދި އެ ޤާނޫނޫ ދަށުން އާންމުކޮށްފައިވާ ”ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވައިދު“ގެ ފަސްވަނަބާބު ބަޔާންކުރާގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވައްތައް ހިމެނޭ އުފެންދުންތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައިކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ސަރުކާރުން މަނާ ކޮށްފައިވާއިރު، މި ފިޔަވަޅަކީ ދުންފަތް މަނާކުރުމަށް ސަރުކާރުން ތައްޔާރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް އާންމުން ނުރުހުން ފާޅުކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 28 އިން ފެށިގެން މި އުސޫލަށް އަމަލުކުރުމަށް ނިންމާފައިވާއިރު ވޭޕް ބޭން ކުރި މައްސަލައިގައި އަދިވެސް ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ދުންފަތަކީ ވޭޕްއެކޭ އެއްގޮތަށް ހަށިގަނޑަށް ނުރައްކާތެރި އެއްޗަކަށްވާއިރު، ވޭޕް އެކަނި މަނާކުރި މައްސަލައިގައި މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްވެސް ވަނީ ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?