theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އުމަރު ނިއުސްޓޯކް ގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
އޮސްޓްރޭލިއާ މޮޑެލް ތައާރަފް ކޮށްގެން ގެނައި ބަދަލަކީ އިފެކްޓިވް ބަދަލެއް ނޫން: އުމަރު ނަސީރު
Sudha Latheef
ސުދާ ލަތީފް
02 އޯގަސްޓު 2025
މާލެ ސިޓީ

މަސްތުވާ އެއްޗެހި މިއަދު ޤައުމުގައި މިއޮތް ހިސާބަށް އައުމުގައި މުހިންމު އެއް ރޯލެއް ކުޅެނީ ޤާނޫނު ކަމަށް ދިވަހިރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިފަދައިން ވިދާޅުވީ ޗެނަލް13 އިން ގެނެސް ދިން އަހަރުމެންގެ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ މި ޤާނޫނު ހަދާފައި އޮތީ އޮސްޓްރޭލިއާ މޮޑެލް ނަމަކަށް ކިޔާ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ޕްރެކްޓިސް ކުރަމުން އައި ގޮތަށްކަމަށެވެ. ނަމަވެސް މި ޤާނޫނުން އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

މިހާރު އެއް ޑެކޭޑް ގާތްގަނޑަކަށް މި ހިނގީ. ހިނގިއިރު އަލުގަނޑުމެންނަށް ވަރަށް ސާފު މީގެ ނަތީޖާއެއް ނުނިކުމޭކަން. މީގެ ސަބަބުން ހަމަ އިތުރަށް މީހުން ހަލާކުވެ، ހަލާކުވަމުންދަނީ. ކޮންމެ އަހަރަކު 500 ކުދިން އަލަށް މަސްތުވާ އެއްޗެހީގެ ތެރެއަށް ވަދޭ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހުރީ ފުރިފަ. ހުރި ހުރިހާ މައްސަލަތަކެއްގެ 80% އަކީ މަސްތުވާ އެއްޗެހި. ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ވެސް 80% އަކީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަ. އެއީ މަސްތުވެގެންހުރެ މީހެއްގައިގަ ޖެހުން، މަސްތުވުމަށްޓަކައި އެއްޗެހި ހޯދުމަށް ވައްކަން ކުރުން، ގޭންގް މާރާމާރީ. އެހެންމަ ކްރައިމް ގެ 80% އަކީ މަސްތުވާ އެއްޗާ ރިލޭޓެޑް. ޖަލަށް ބެލިޔަސް 80% އަކީ މަސްތުވާތަކެއްޗާއި ރިލޭޓެޑް މައްސަލަތައް.

- އުމަރު ނަސީރު ވިދާލުވި

މަސްތުވާތަކެއްޗާއި ގުޅުވައިގެން ގެނައި އޮސްޓްރޭލިއާ މޮޑެލް ތައާރަފް ކޮށްގެން ގެނައި ބަދަލަކީ އިފެކްޓިވް ބަދަލެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ހުދު އޮސްޓްރޭލިއާވެސް އެއީ "ސަކްސެސްފުލް" މޮޑެލް އެއް ނޫން ކަމަށް މިހާރު ޤަބޫލުކުރާކަމަށެވެ.

އުމަރު ވިދާޅުވީ ސިންގަޕޫރުގެ މޮޑެލްގެ ތެރެއަށް އިސްލަމީ ޝަރީއަތް ގެނެސް ލާން ވަކާލާތު ކުރަން ޖެހޭ ކަމަށެވެ. އިސްލާމީ ޝަރީއަތާއި ސިންގަޕޫރުގެ މޮޑެލް އެއްކޮށްފިނަމަ އަޅުގަނޑުމެންގެ އަމިއްލަ މޮޑެލް އެއް ހަދައި މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް އުމަރު ވަނީ ފާހަގަކޮށްފައެވެ.

މިހާރުގެ ޤާނޫނާއި އެއްގޮތަށް އަމަލުކޮށްގެން މަސްތުވާތަކެތީގެ މައްސަލަތަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved