March 10, 2026
Advertisement
ވޭމަންޑުއަށް ދަތުރުކުރި ''އަލްމަޖްރާ'' ދޯނި ފަރަށް އަރާފައި.-- ފޮޓޯ: ޕޮލިސް
ވޭމަންޑުއަށް ދަތުރުކުރި ''އަލްމަޖްރާ'' ދޯނި ފަރަށް އަރާފައި.-- ފޮޓޯ: ޕޮލިސް / ގެޓީ އިމޭޖަސް

ފަރަށް އެރި ދޯނީގައި ދަތުރުކުރި މީހުން ސަލާމަތްކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 3, 2025, 10:49 PM
މާލެ ސިޓީ

މާލެ އިން މުދާ ބަރުކޮށްގެން ތ. ވޭމަންޑުއަށް ތިން މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.

Advertisement

''އަލްމަޖްރާ'' ނަމަކަށް ކިޔާ ދޯނި އެރީ މ. ދިއްގިރި ކައިރި ފަރަކަށެވެ.

އެ ދޯނި ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ރިޕޯޓު ލިބުމުން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ފެނުނީ ފަރުމަތީގައި ތިއްބަ އެވެ. އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދޯނީގައި ދަތުރުކުރި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެ ދޯނީގައި ދަތުރުކުރީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

އެ ދޯނީގައި ގިނަ އަދަދަކަށް ފީވީސީ ފިލަ އާއި އިމާރާތްކުރުމާ ގުޅުން ހުރި ގިނަ ސާމާނުތަކެއް ހުރި ކަމަށް ދޯނީގައި ތިބި މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. މުދަލާ އެކު ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.

ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved