March 14, 2026
Advertisement
ސިޑްނީ ހާބަރ ބްރިޖުގައި 300،000 މީހުން ޖަމާވެ ނަސްލު ނައްތާލުމަށް އަޑުއުުފުލައިފި
ސިޑްނީ ހާބަރ ބްރިޖުގައި 300،000 މީހުން ޖަމާވެ ނަސްލު ނައްތާލުމަށް އަޑުއުުފުލައިފި / ގެޓީ އިމޭޖަސް

ސިޑްނީ ހާބަރ ބްރިޖުގައި 300،000 މީހުން ޖަމާވެ ނަސްލު ނައްތާލުމަށް އަޑުއުުފުލައިފި

Sudha Latheef
ސުދާ ލަތީފް
Aug 4, 2025, 02:33 AM
މާލެ ސިޓީ

ސިޑްނީ ހާބަރ ބްރިޖުގައި 300،000 އަށް ވުރެ ގިނަ މީހުން ޢައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމާ ދެކޮޅަށް އަޑުއުފުލާ ،ސުލްހައަށް ގޮވާލުމަށް އެއްވެފައިވެއެވެ.

Advertisement

މިއީ "ކޮން ހޭންގަރ"ގެ ނަމުން މަޝްހޫރު ސިޑްނީ ހާބަރ ބްރިޖުގައި ހުއްދަ ލިބިގެން ހަނގުރާމައާއި ދެކޮޅަށް އެންމެ ފުރަތަމަ ކުރި މުޒާހަރާއެވެ. މެންދުރުގެ ކުރިން ބްރިޖް ވަނީ އުޅަނދުފަހަރުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައެވެ. އެތައް ހާސް ބަޔަކަށް ޢައްޒާގައި ސުލްހައަށް ގޮވާލުމަށްޓަކައި މި އެއްވުމުގައި ހިނގުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މި ހަރަކާތް ހިނގާފައިވަނީ ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން އެމީހުންގެ އަޑުއުފުލުމަށްޓަކައި ސުޕްރީމް ކޯޓަށް ދިއުމަށް ފަހުގައެވެ. މުޒާހަރާގެެ އެންމެ ކުރީ ސަފުގައި ދާދި ފަހުން ޖަލުން ދޫކޮށްލެވުނު ޖޫލިއަން އަސާންޖް ވެސް ވަނީ ބައިވެރިވެފައެވެ. މޫސުން ގޯސްވެ ވިއްސާރަވި ނަމަވެސް އެއްވެސް މީހަކު މި އެއްވުމުން ފަހަތަށް ޖެހިފައެއް ނުވެއެވެ.

މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ބުނި ގޮތުގައި އެމީހުން މިކަމުގައި ބައިވެރިވީ ސުލްހައަށް ތާއީދުކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންނެވެ. މުޒާހަރާކުރާ މީހުންގެ ތޮއްޖެހުން އެންމެ ރީތިކޮށް ފެނިގެން ދިޔައީ ބްރިޖުން ދަތުރުކުރަމުންދިޔަ ޓްރެއިންތަކުގެ ތެރެއިންނެވެ. ހާބަރ ބްރިޖް މަތީގައި 100 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި ނަމަވެސް، މިއީ ސުލްހައަށް ގޮވާލާ، އެއްވެސް ހަމަނުޖެހުމެއް ނެތި ކުރިއަށް ދިޔަ ސުލްހަވެރި އެއްވުމެކެވެ.

ސިޑްނީ ހާބަރ ބްރިޖުގައި މި އެއްވި އެއްވުމަކީ ހަގީގަތުގައިވެސް މީހުން އެމީހުންގެ އަޑު އުފުލުމަށް ތެދުވިއިރު އެމީހުންނަށް ތާއީދުކުރި، އިންސާނިއްޔަތުކަމުގެ ރީތި މިސަލެއް ފެނިގެން ދިޔަ ދުވަހެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved