March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދައުލަތުގެ ހުރިހާ ލެވެލްއެއްގައި އަންބާ ކިޔާލާފައި ވައްކަމާއި ޚިޔާނާތް ދަނީ ކުރިއަށް: އިމްތިޔާޒް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 02:32 AM
މާލެ ސިޓީ

ދައުލަތުގެ ހުރިހާ ލެވެލްއެއްގައި އަންބާ ކިޔާލާފައި މިވަރަށް ވައްކަމާއި ޚިޔާނާތް ހިންގަމުންދާ ގައުމެއް މިނޫނީ އަދި ނުދެކެން ކަމަށް ޑިމޮކްރެޓްސްގެ އެކްޓިވިސްޓް އިމްތިޔާޒް ފަހުމީ ބުނެފިއެވެ.

Advertisement

އިމްތިޔާޒް އެކްސްގައި މިފަދައިން ބުނެ ޕޯސްޓްކޮށްފައިވާ އިރު މިހާރު އެންމެ ބޮޑަށް ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންދަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާވާ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓެއް ލީކް ވުމާއި ގުޅިގެން ޝުޖާއު ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކައެވެ.

މި ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ އެ މައްސަލަތަކުގެ ވާހަކަތައް އެންމެ ބޮޑަށް ދިފާއު ކުރި އެކަކީ ޝުޖާއު ކަމަށްވާއިރު ޝުޖާއުގެ މިފަދަ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ތިލަވުމަކީ ޝުޖާއުގެ އިތުރުން ސަރުކާރުގެ އިންޓެގްރިޓީ އާއި މެދު ސުވާލު އުފެދިގެންދާ ކަމެކެވެ.

އިމްތިޔާޒުގެ ޓްވީޓް
އިމްތިޔާޒުގެ ޓްވީޓް

ގައުމު އިގްތިސާދީ ގޮތުން ބޮޑު ހީނަރުކަމެއްގެ ތެރޭގައި ވާއިރު މުއިއްޒު އާއި މުއިއްޒުގެ ބައިވެރިން އަންނަނީ "ކެވުނު" ދިމާލަކުން ކައި ރައްޔިތުން އިތުރަށް ބިކަ ކުރަމުންނެވެ.

ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ހުންނަ ކަމަށާއި އެކަމަކު މި ސަރުކާރަކީ ކޮރަޕްޝަންގެ މުޅިން އެހެން ލެވެލް އެއް ކަމަށް އިމްތިޔާޒް ސިފަކޮށްފައިވެއެވެ.

ހާމަކަން ބޮޑު ގޮތެއްގައި ޝުޖާއުގެ ކޮރަޕްޝަން މައްސަލަ ތިލަވެފައިވާއިރު ޝުޖާއު އަންނަނީ އާންމު ވެފައިވާ އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ބުނަމުންނެވެ.

ނަމަވެސް މި މައްސަލައިގައި އެފްއައިޔޫގެ ވެރިއަކަށް ހުރި އަޝްރަފްވަނީ މިއަދުގެ ވަގުތެއްގައި އެ މަގާމުން ދުރުކޮށް އެހެން ޑިޕާޓްމަންޓެއްގެ ވެރިއަކަށް ހަމަޖައްސާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved